ENGLISH

20 އޭޕްރީލު 2025

Advertisement

ޓީވީ ޕްރޮގްރާމެއްގައި ބޭއަދަބީ މަންޒަރެއް ދެއްކުމުން ޕީއެސްއެމް އިން މަޢާފަށް އެދިއްޖެ

15 ޑިސެމްބަރު 2024

|

ފަޒީލް ޢަބްދުލް ލަތީފު

ފޮޓޯ: ޕީއެސްއެމް

ޓީވީއެމްގެ ޕްރޮގްރާމެއްގައި ބޭއަދަބީ މަންޒަރެއް ދެއްކުމުން ޕީއެސްއެމްއިން މަޢާފަށް އެދިއްޖެއެވެ.

ޕީއެސްއެމްގެ ޗެނަލްއެއް ކަމަށްވާ ޓީވީއެމްއިން މި މަހުގެ 10 ވަނަ ދުވަހު ގެނެސްދިން އިނގިރޭސި ޚަބަރުގެ ބައެއްގެ ތެރެއިން ގެނެސްދިފައިވާ މި މަންޒަރަކީ، ކުންފުނީގެ ކޮންޓެންޓް ޕޮލިސީ އާއި އޮޑިޓޯރިއަލް ޕޮލިސީއާ ވެސް ޚިލާފު ސީރިއަސް މައްސަލައެއް ކަމަށް ޕީއެސްއެމްއިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ. އެހެންކަމުން މިކަމުގައި ބައިވެރިވާ ފަރާތްތަކާމެދު އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ވެސް މިބަޔާނުގައި ބުނެފައިވެއެވެ.

އަދި މިމައްސަލައިގެ ކަންހިނގާދިޔަ ގޮތް ބެލުމަށްފަހު، އިހުމާލުވި ދެ މުވައްޒަފަކު ސަސްޕެންޑްކޮށް އިތުރަށް ފިޔަވަޅުއަޅަންޖެހޭ ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ކުންފުނީގެ ކަމާބެހޭ ފަރާތްތަކަށް ފޮނުވައިވާކަމަށް ވެސް ޕީއެސްއެމްގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

މީގެއިތުރުން ކުންފުނީގެ ކަންކަން އިތުރަށް ހަރުދަނާކޮށް، މިފަދަ ކަމެއް ތަކުރާރު ނުވާނެ ފަދަ ގޮތަކަށް ކުންފުނީގެ ކަންކަން ތަރުތީބު ކުރަމުންދާ ކަމަށް ވެސް ޕީއެސްއެމް އިން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު