ENGLISH

09 އޭޕްރީލު 2026

Advertisement

ޒަކާތު ހައުސްއިން ކުރިއަށް ގެންދިޔަ "ޒަކާތު ކުއިޒް 1447"ގެ ނަސީބުވެރިޔާ އިއުލާނުކޮށްފި

09 އޭޕްރީލު 2026

|

އާމިނަތު ނުޒްލާ

ޒަކާތު ކުއިޒް 1447 ގެ ނަސީބުވެރިޔާ އިއުލާން ކުރުން-- ފޮޓޯ: މޯލްޑިވްސް ޒަކާތު ހައުސް

މޯލްޑިވްސް ޒަކާތު ހައުސްއިން ކުރިއަށްގެންދިޔަ "ޒަކާތު ކުއިޒް 1447″ގެ ނަސީބުވެރިޔާ އިޢުލާނުކޮށްފި އެވެ.

މިފަހަރުގެ ނަސީބުވެރިއަކަށް ހޮވިފައިވަނީ އަތަމާގެ، އދ. މަހިބަދޫ ފާޠިމަތު މަޢާލް އަޙްމަދެވެ. މި އިނާމް އަންނަ ހަފުތާގައި ހަވާލުކުރުމަށް ހަމަޖެހިފައިވާ ކަމަށް ޒަކާތު ހައުސްއިން ބުނެފައިވެ އެވެ.

މި ކުއިޒްގެ ނަސީބުވެރިޔާ ހޮވާފައި ވަނީ އިއްޔެ ހެނދުނު 11:35ގައި ޒަކާތު ހައުސްގެ ރަސްމީ ފޭސްބުކް ޕޭޖު މެދުވެރިކޮށް ކުރިއަށްގެންދިޔަ ލައިވް އިވެންޓެއްގަ އެވެ. މި ލައިވް އިވެންޓުގައި ގުރުއަތު ނަގާދީފައިވަނީ އިވެންޓުގެ ޝަރަފުވެރި މެހެމާނު، މޯލްޑިވްސް ޒަކާތު ހައުސްގެ ޝަރީޢާ އެންޑް އެޑްވައިޒަރީ ބޯޑުގެ ޗެއަރޕަރސަން، މިނިސްޓަރ އޮފް ސްޓޭޓް ފޯރ އިސްލާމިކް އެފެއަރޒް އަލްއުސްތާޛް ޢަބްދުﷲ ސަޢުދާނެވެ.

ޒަކާތު ހައުސްއިން ބުނެފައިވަނީ މި ކުއިޒަށް އާންމުންގެ ފަރާތުން ވަރަށް ރަނގަޅު ތަރުހީބެއް ލިބިގެންދިޔަ ކަމަށެވެ. އެގޮތުން މި ކުއިޒްގައި 5000 އަށް ވުރެ ގިނަ މީހުން ބައިވެރިވެފައިވާ ކަމަށް ޒަކާތު ހައުސްއިން މައުލޫމާތު ދީފައިވެ އެވެ.

ރަމަޟާން މަހުގެ 30 ދުވަހު، ކޮންމެ ދުވަހަކު ސުވާލެއްގެ މަގުން ޖުމްލަ 30 ސުވާލު ޒަކާތު ހައުސްގެ ފޭސްބުކް ޕޭޖު މެދުވެރިކޮށް ހުށަހަޅާފައިވެ އެވެ.

ރަމަޟާން މަހު ކުރިއަށް ގެންދިޔަ މި ކުއިޒްގައި ހުށަހެޅި  ހުރިހައި ސުވާލުތަކަށް ކަނޑައެޅިފައިވާ ވަގުތުގެ ތެރޭގައި، 126 ބައިވެރީން ރަނގަޅު ދީފައިވާކަމަށާއި އަދި ފައިނަލް ގުރުރައަތުގައި މިފާރާތްތަކުން ބައިވެރިވެފައިވާ ކަމަށް ޒަކާތު ހައުސްއިން ބުނެފައިވެ އެވެ.

މި އަހަރުގެ ކުއިޒުގެ އެއްވަނައަށް ހޮވުނު ނަސީބުވެރިޔާއަށް ދިނުމަށް ހަމަޖެހިފައިވަނީ އުމްރާ ދަތުރެކެވެ. 

ކިޔުންތެރިންގެ ހިޔާލު