ENGLISH

10 އޭޕްރީލު 2025

Advertisement

ލިވަޕޫލާއި އާސެނަލަށް ވެސް މޮޅެއް ނުވެވުނު

15 ޑިސެމްބަރު 2024

|

މުޙައްމަދު އަދުހަމް

ލިވަޕޫލާ ފުލަމް ބައްދަލުކުރި މެޗުގެ ތެރެއިން. --ފޮޓޯ: ރޮއިޓާސް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން ލިވަޕޫލާއި އާސެނަލަށް ވެސް މޮޅެއް ނުލިބި ނިންމާލަން ޖެހިއްޖެއެވެ.

ލިވަޕޫލްގެ ދަނޑުގައި އެ ޓީމު ވަނީ އެއް ކުޅުންތެރިއަކު މަދުކޮށްކުޅެ، 2-2 އިން ފުލަމްއާ އެއްވަރުވެފައެވެ.

މި މެޗުގެ ކުރީކޮޅު، ލިވަޕޫލްގެ ޑިފެންޑަރު، އެންޑީ ރޮބަޓްސަން އަށް ސީދާ ރަތެއް ދެއްކުމުން އެ ޓީމުން ބޮޑުބައި ކުޅުނީ 10 ކުޅުންތެރިންނާއެކު އެވެ.

ލިވަޕޫލްގެ ލަނޑުތައް ޖަހައިދިނީ ކޯޑީ ގަކްޕޯ އާއި ޑިއޯގޯ ޖޮޓާ އެވެ. ފުލަމް އަށް ލަނޑުޖަހައިދިނީ އަންދްރެއަސް ޕެރޭރާ އާއި ރޮޑްރީގޯ މުނީޒް އެވެ.

މި ނަތީޖާއާއެކު، ލީގުގެ އެއްވަނައިގައި އަދިވެސް އުޅެނީ ލިވަޕޫލެވެ. އެ ޓީމަށް 15 މެޗުން 36 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް ޗެލްސީ އަށް 15 މެޗުން ލިބިފައިވަނީ 31 ޕޮއިންޓެވެ. އާސެނަލް ތިންވަނައިގައި އޮތީ 16 މެޗުން 31 ޕޮއިންޓް ހޯދައިގެންނެވެ.

މި މުބާރާތުގައި ރޭ އާސެނަލް އާއި އެވަޓަން ކުޅުނު މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. 

ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، ނިއުކާސަލް ޔުނައިޓެޑްގެ ދަނޑުގައި ރޭ އެ ޓީމުން ވަނީ ލެސްޓާ ސިޓީ އަތުން 4-0 އިން މޮޅުވެފައެވެ. ރަށުން ބޭރުގައި ވުލްވްސް އަތުން އިޕްސްވިޗް ޓައުން މޮޅުވީ 2-1 އިންނެވެ. އަދި ނޮޓިންގހަމް ފޮރެސްޓްގެ ދަނޑުގައި އެ ޓީމުން ވަނީ 2-1 އިން އެސްޓަން ވިލާ ބަލިކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު