ENGLISH
10 އޭޕްރީލު 2025
އެޓަލާންޓާ މަގާމު ދެމެހެއްޓިއިރު، ނަޕޯލީ އަށް މޮޅެއް
15 ޑިސެމްބަރު 2024
|
އެޓަލާންޓާއާ ކަލިއާރީ ބައްދަލުކުރި މެޗުގެ ތެރެއިން. --ފޮޓޯ: ރޮއިޓާސް
އިޓާލިއަން ލީގުގައި ރޭ ކުޅުނު މެޗުގައި ކަލިއާރީ 1-0 އިން ބަލިކޮށް އެޓަލާންޓާ އިން މަގާމު ދެމެހެއްޓިއިރު، ފަހަތުންއަރައި އުދިނޭޒީ އަތުން 3-1 އިން ނަޕޯލީ މޮޅުވެއްޖެއެވެ.
މި ނަތީޖާއާއެކު ލީގުގެ އެއްވަނައިގައި އަދިވެސް އުޅެނީ އެޓަލާންޓާ އެވެ. އެ ޓީމަށް 16 މެޗުން 37 ޕޮއިންޓް ލިބިފައިވާއިރު، އެއްޕޮއިންޓް ފަހަތުން ދެވަނައިގައި އޮތީ ނަޕޯލީ އެވެ. ތިންވަނައިގައި އޮތް އިންޓަ މިލާނަށް ދެމެޗު މަދުން ކުޅެގެން ލިބިފައިވަނީ 31 ޕޮއިންޓެވެ.
ކަލިއާރީގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، އެޓަލާންޓާ އަށް ކާމިޔާބުކޮށްދިނީ ނިކޮލޯ ޒަނިއޯލޯ އެވެ.
މި މުބާރާތުގައި ރޭ އަމިއްލަ ދަނޑުގައި ނަޕޯލީއާ ދެކޮޅަށް އުދިނޭޒީ ކުޅުނު މެޗުގައި ލީޑު ނެގީ ވެސް އެ ޓީމުންނެވެ. ފުރަތަމަ ހާފުގައި އުދިނޭޒީ އަށް މި ލަނޑު ޖަހައިދިނީ ފްލޮރިއަން ތޯވާން އެވެ.
މި މެޗުގައި ނަޕޯލީން ޖެހި ހުރިހާ ގޯލެއް ވެސް ކާމިޔާބުކުރީ ފަހު ހާފުގައެވެ. ނަޕޯލީގެ ތިން ލަނޑުގެ ތެރެއިން އެއްގޯލަކީ އުދިނޭޒީގެ ލަޓާރޯ ޖިއަނެޓީ އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. އެ ޓީމުގެ އަނެއް ދެ ލަނޑު ޖަހައިދިނީ ރޮމެލޫ ލުކާކޫ އާއި ފްރޭންކް އަންގީސާ އެވެ.
ޔުވެންޓަސް އާއި ވެނެޒިއާ ރޭ ކުޅުނު މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. މި މެޗުގައި ޔުވެންޓަސްގެ ލަނޑުތައް ޖަހައިދިނީ ފެޑެރީކޯ ގައްޓީ އާއި ޑޫސާން ވްލާހޮވިޗް އެވެ. ވެނެޒިއާގެ ލަނޑުތައް ޖަހައިދިނީ މިކޭލް އެލާޓްސަން އާއި ޖޭ އިޒޭސް އެވެ.