ENGLISH
07 އޭޕްރީލު 2026
މުރައިދޫ ފުޓްބޯޅަ ދަނޑުގެ ނުނިމިހުރި މަސައްކަތްތައް ބާރަށް ކުރިއަށް
07 އޭޕްރީލު 2026
|
އެންމެ މަޤްބޫލު
ހއ. މުރައިދޫގައި ތަރައްގީ ކުރަމުންދާ ފުޓްބޯޅަ ދަނޑުގެ ނުނިމިހުރި މަސައްކަތްތައް ހަލުވިކަމާއިއެކު ކުރިޔަށް ދާ ކަމަށް އެމްޓީސީސީ އިން ބުނެފިއެވެ.
އެކުންފުނިން ބުނި ގޮތުގައި މުރައިދު ފުޓްބޯޅަ ދަނޑުގެ ނުނިމިހުރި މަސައްކަތްތަކުގެ ތެރެއިން މިހާރު ކުރަމުން އަންނަނީ، ދަނޑުގެ ވަށާފާރު ރޭނުމުގެ މަސައްކަތްތަކެވެ.
މުރައިދޫއަކީ ފުޓްބޯޅައިގައި، ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ހޯދަމުން އަންނަ ރަށެކެވެ.
އެމްޓީސީސީއިން މުރައިދޫގައި ފުޓްބޯޅަ ދަނޑުގެ މަސައްކަތުގެ އިތުރުން، އެރަށުގެ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތްތައް ވެސް އަންނަނީ ކުރަމުންނެވެ.
މުރައިދޫގެ އިތުރުންވެސް ގިނަ ރަށްތަކެއްގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ. އޭގެތެރޭގައި މިދިޔަ ވެރިކަމުގައި ނުނިމި ހުރި ފުޓްބޯޅަ ދަނޑުތަކުގެ މަސައްކަތް ކުރިއަށްގެންދިއުމާއި، އަލަށް ފަށާފައިވާ ފުޓްބޯޅަ ދަނޑުތަކުގެ މަޝްރޫޢުތައް ހިމެނެއެވެ.