ENGLISH

07 އޭޕްރީލު 2026

Advertisement

ޖަލީލްގެ ޚާއްސަ ޝުކުރު ރައީސާއި ރައްޔިތުންނަށް، ދެއްވި ތާއީދު އަބަދުވެސް ޝުކުރުވެރިކަމާއެކު ހަނދާނުގައި ބަހައްޓާނަން

07 އޭޕްރީލު 2026

|

އަޙުމަދު ޙަމީދު

ކޮންގްރެސް ޕާޓީގެ ހިނގާލުމުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވަޑައިގަންނަވަނީ. ފޮޓޯ: ކޮންގްރެސް ޕާޓީ

މާލެ ސިޓީގެ މޭޔަރު ކަމަށް ވާދަކުރެއްވުމުން ވޯޓް ދެއްވި ހުރިހާ ރައްޔިތުން ކުރެއްވި އިތުބާރާއި ދެއްވި ތާއީދު އަބަދުވެސް ޝުކުރުވެރިކަމާެކު ހަނދާން ބަހައްޓާނެ ކަމަށް ކޮންގްރެސްގެ ޓިކެޓްގައި މާލޭ ސިޓީގެ މޭޔަރު ކަމަށް ވާދަކުރެއްވި މޫސާ އަލީ ޖަލީލް ވިދާޅުވެއްޖެ އެވެ.

މޫސާ އަލީ ޖަލީލް މިހެން ވިދާޅުވީ މިރޭ އާންމުކުރެވި ޝުކުރުގެ މެސެޖުގަ އެވެ. އެ މެސެޖުގައި ވިދާޅުވީ މާލެ ސިޓީގެ މޭޔަރުކަމުގެ މަޤާމަށް ކޮންގްރެސް ޕާޓީގެ ޓިކެޓްގައި ވާދަކުރުމުގެ ފުރުސަތު ދެއްވި ކަމަށްޓަކައި އަދި އިންތިޚާބުގައި ދެއްވި ބޮޑު އެހީތެރިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އަދި ކޮންގްރެސް ޕާޓީގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަށާއި ކޮންގްރެސްގެ ލީޑަރޝިޕާއި މެންބަރުންނަށް ނުހަނު އިޚްލާސްތެރިކަމާއެކު ޝުކުރު އަދާކުރާ ކަމަށެވެ.

"މާލެ ސިޓީގެ މޭޔަރުކަމަށް އަޅުގަނޑަށް ވޯޓް ދެއްވި ހުރިހާ ލޮބުވެތި ރައްޔިތުން އަޅުގަނޑަށް ކުރެެއްވި އިތުބާރާ ދެއްވި ތާއީދު އަބަދުވެސް ޝުކުރުވެރިކަމާއެެކު ހަނދާން ބަހައްޓާނަމެވެ,"

މޫސަގެ މެސެޖުގައި ވަނީ އިންތިޚާބުގައި ކާމިޔާބު ހޯއްދެވި ހުރިހާ ކެންޑިޑޭޓުންނަށް މަރުޙަބާ ދަންނަވާފަ އެެވެ. އަދި ވިދާޅުވީ ރާއްޖެއާ ދިވެހި ރައްޔިތުންނަށް އަބަދުވެސް އެދެނީ ފާގަތިކަމާއި ބާއްޖަވެރިކަން މިންވަރު ކުރެއްވުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު