ENGLISH
07 އޭޕްރީލު 2026
ކާށިދޫން އެމްޑީޕީއަށް ބޮޑުކޮށް ނޫނެކޭ ބުނެ ފުލް މެޖޯރިޓީ ކޮންގްރެސްއަށް ދީފި
06 އޭޕްރީލު 2026
|
ކާށިދޫ ކައުންސިލްގެ އިންތިޚާބީ މެންބަރުން --
އެންމެ މަޤްބޫލު
މިދިޔަ ހޮނިހިރު ދުވަހު އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ކ. ކާށިދޫގެ ފަސް ގޮނޑި ވެސް ކޮންގްރެސްގެ ޕާޓީއަށް ލިބިއްޖެ އެވެ.
ހޮނިހިރު ދުވަހު އޮތް އިންތިޚާބުގައި ރިނބުދޫ ކައުންސިލްގެ ރައީސް ކަމަށް އިންތިޚާބުކުރީ ކޮންގްރެސްގެ ކެންޑިޑޭޓް ސޮބާހް މުޙައްމަދެވެ. ސޮބާހް ވަނީ 496 ވޯޓް ހޯދާފަ އެވެ. ސޮބާހްއާ ވާދަކުރީ އެމްޑީޕީގެ ކެންޑިޑޭޓަކާއި އަމިއްލަ ގޮތުން ވާދަކުރި ކެންޑިޑޭޓެކެވެ.
ކާށިދޫ ކައުންސިލްގައި އަންހެނުންނަށް ޚާއްސަ ކުރި ގޮނޑި ކާމިޔާބުކުރީ ކޮންގްރެސްގެ ކެންޑިޑޭޓް ފާތިމަތު ނަތާޝާ އާއި ރިޝްތާ ސަމީރެވެ. ނަތާޝާ ވަނީ 505 ވޯޓް ހޯދާފަ އެވެ. ރިޝްތާ ވަނީ 557 ވޯޓް ހޯދާފަ އެވެ.
ކައުންސިލްގައި ހިމެނޭ އަނެއް ދެ ގޮނޑި ހޯދީވެސް ކޮންގްރެސްގެ ކެންޑިޑޭޓުންނެވެ. އެއީ އަހްމަދު ޖުނައިސް އާއި ނައިފާ އިބްރާހިމް އެވެ. ޖުނައިސް ވަނީ 527 ވޯޓް ހޯދާފަ އެވެ. ނައިފާ ވަނީ 488 ވޯޓް ހޯދާފަ އެވެ.