ENGLISH

07 އޭޕްރީލު 2026

Advertisement

އިބްރާ ހަނދާން ކޮށްދިނީ އެމްޑީޕީން ޖެއްސި ހާލު: އޮއްގާ އުކި، މައިކު ކަނޑާލި

06 އޭޕްރީލު 2026

|

އަޙުމަދު ޙަމީދު

އިބްރާހިމް އިސްމާއީލް -- ފޮޓޯ: ސަން

އެމްޑީޕީން ޖެއްސި ޙާލު އެ ޕާޓީގެ ފުރަތަމަ ރައީސް އިބްރާހިމް އިސްމާއީލް (އިބްރާ) ހަނދާން ކޮށް ދީފި އެވެ.

އޭނާ މިކަން ހަނދާންކޮށް ދިނީ މިރޭ އޮތް ޖަލްސާގައި ވާހަކަ ދައްކަން ކުރީގެ ރައީސް ނަޝީދާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލަށް ފުރުސަތު ނުދޭން ނިންމުމުން އުފެދިފައިވާ ޚިޔާލުތަފާތުވުންތަކާއި ގުޅިގެންނެވެ.

ފައްޔާޒަކީ އިބްރާގެ ކޮއްކޮ އެކެވެ. ކުރީން އޮތީ ފައްޔާޒަށް ވާހަކަ ދައްކަން ދޭ ގޮތަށެވެ. އެކަން އެމްޑީޕީގެ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ އޭނާއަށް އެންގި އެވެ. ނަމަވެސް ފަހު ނުދޭން ނިންމީ އެވެ.

އިބްރާ ވިދާޅުވީ އެމްޑީޕީގެ ޕޯޑިއަމް ވަކި ބަޔަކަށް ނުދިނުމަކީ އާކަމެއް ނޫން ކަމަށެވެ. އަދި އެމްޑީޕީން ޖެއްސި ނިކަމެތި ހާލަތު ބަޔާންކޮށް ދިނެވެ.

"އަހުރެން އެ ޕޯޑިއަމްގައި ހުއްޓާ އެއް ރޭ އޮއްގާ އުކި. އަނެއްރޭ މައިކް ކަނޑާލި. ޕޯޑިއަމް ނުދީ ހުންނަތާ 12 އަހަރުވީ ފަހުން ޕާޓީން ވަކިވީ. އެއީ ދެން އެހައި ކަމެއްނޫން. އެކިއިރު އަޅާނީއެކި އޮއި," އިބްރާ ވިދާޅުވި އެވެ.

އިބްރާ ވިދާޅުވީ އެފަދަ ކަންކަމުގައި ގޮތް ނިންމާނީ ޕާޓީގެ މެންބަރުން ކަމަށެވެ.

މިރޭ އޮތް ޖަލްސާގައި ނަޝީދަށް ވާހަކަ ދައްކަން ފުރުސަތު ނުދިނުމުން މުޅި ޖަލްސާ ކުރުކޮށްލަން ޖެހުނެވެ. ނަޝީދުގެ ސަޕޯޓަރުން ވަނީ ޖަލްސާގައި އަޑުގަދަކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު