ENGLISH

07 އޭޕްރީލު 2026

Advertisement

އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމުން ރިޝްވާން އިސްތިއުފާ ދެއްވައިފި

06 އޭޕްރީލު 2026

|

އަޙުމަދު ޙަމީދު

ރިޝްވާން --

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުންނާއި ބޯޑު މެންބަރުކަމުގެ މަޤާމުން ހ. ހަބަރުގެ، ޑީސީޕީ (ރިޓަޔާރޑް) މުޙައްމަދު ރިޝްވާން އިސްތިއުފާ ދެއްވައިފި އެވެ.

ޕީސީބީން މިރޭ ވަނީ އެކަން ހާމަކުރައްވާފަ އެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) މިރޭ ބުނީ އެމްޕީއެލްގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުންނާއި ބޯޑު މެންބަރުކަމުގެ މަޤާމުން ހ. ހަބަރުގެ، މުޙައްމަދު ރިޝްވާން މިއަދު އިސްތިއުފާ ދެއްވުމަށް ހުށަހަޅުއްވާފައިވާތީ، އިސްތިއުފާ ޤަބޫލުކޮށް އެމަޤާމުން ވަނީ ވަކިކޮށްފައި ކަމަށެވެ.

އެމްޕީއެލްގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް ރިޝްވާން އައްޔަނުކުރެއްވީ ފެބްރުއަރީ 5, 2025 ގަ އެވެ.

ކިޔުންތެރިންގެ ހިޔާލު