ENGLISH

07 އޭޕްރީލު 2026

Advertisement

ގަޕޯ ވަގުތުން އިސްތިއުފާދޭން މޫކޭ ގޮވާލައިފި، ޖަލްސާގައި ނަޝީދުގެ ފެކްޝަނުން އަޑުއުފުލަނީ

06 އޭޕްރީލު 2026

|

އަޙުމަދު ޙަމީދު

މޫކޭ އަދި ގަޕޯ

އެމްޑީޕީގެ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ ވަގުތުން އިސްތިއުފާދޭން އެމްޑީޕީ ސަރުކާރުގައި އާރުޑީސީގެ މެނޭޖިން ޑިރެކްޓަރުކަން ކުރި މޫސާ އަލިމަނިކު (މޫކޭ) ގޮވާލައިފި އެވެ.

އޭނާ މި ގޮވާލުން ގޮވާލީ މިރޭ އޮތް އެމްޑީޕީގެ ޖަލްސާގައި ކުރީގެ ރައީސް ނަޝީދާއި ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލްއަށް ވާާހަކަ ދައްކަން ފުރުސަތު ނުދޭން ނިންމި ނިންމުން ހޫނުވެ މެންބަރުންގެ މެދުގައި ބޮޑު ނުތަނަވަސް ކަމެއް އުފެދިފައިވަނިކޮށެވެ.

އާރުޑީސީގައި ހިނގި ޚިޔާނާތުގެ ތުހުމަަތުވެސް އެޅިފައިވާ މޫކޭ ބުނި ގޮތުގައި އެމްޑީޕީއަކީ ވަކި މީހެއްގެ އެއްޗެއް ނޫނެވެ. އަދި އެ ޕާޓީގެ މަސްލަހަތު ޣަފޫރު ނަގާލައިފި ކަމަށް ވަނީ ބުނެފަ އެވެ. އޭނާ ވަނީ އެމްޑީޕީގެ މަސްލަހަތު ޣަފޫރު ނަގާލައިފި ކަމަށް ތުހުމަތުކޮށް މަގާމުން ވަގުތުން އިސްތިއުފާދޭން ގޮވާލާފަ އެވެ.

"މިއީ ވަކި މީހެއްގެ އެކަނި އެއްޗެއް ނޫން. އުފާކުރަންވީ ރޭ ތިޔަ ގެއްލުވާލީ ޕާޓީގެ އެންމެ މަތީ މަސްލަހަތު. އެކަކުވެސް ބާކީ ނުކޮށް ކުރިއަށް ދެވެން އޮއްވަ ގަފޫރަކަސް ކާސިމަކަސް ޕާޓީގެ އާންމު މެމްބަރުން މާޔޫސްކޮށް ރޫޙު މަރާލުމަކީ ވަގުތުން ޗެއަރ އިސްތިއުފާ ދޭންޖެހޭ ކަމެއް," މޫކޭ ކުރި ޕޯސްޓެއްގައިވެ އެވެ.

މިރޭ އޮތް ޖަލްސާގައި ނަޝީދުވެސް ފައްޔާޒުވެސް ބައިވެރިއެއް ނުވެ އެވެ. މިރޭގެ ޖަލްސާގައި ނަޝީދުގެ ސަޕޯޓަރުން ގެންދަނީ "އަންނި" ކޮބާތޯ ގޮވާލާ އަޑުއުފުލަމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު