ENGLISH
07 އޭޕްރީލު 2026
ކ އަތޮޅުގެ ނުވަ ރަށުގެ ތެރެއިން ހަ ރަށުގެ ރައީސްކަން ކޮންގްރެސްއަށް، އެމްޑީޕީއަށް ސުމެެއް
06 އޭޕްރީލު 2026
|
ކ އަތޮޅުގެ ކޮންގްރެސްގެ އިންތިޚާބީ ރައީސުން --
އެންމެ މަޤްބޫލު
މިދިޔަ ހޮނިހިރު ދުވަހު އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ކ. އަތޮޅުގެ ނުވަ ރަށުގެ ތެރެއިން ހަ ރަށެއްގެ ރަށު ކައުންސިލްގެ ރައީސް ކަމުގެ މަޤާމަށް ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓުން އިންތިޚާބުކޮށް ކ އަތޮޅުގައި އެ ޕާޓީއަށް އޮތް ތާއީދު ދައްކާލައިފި އެވެ.
ލޯކަލް ކައުންސިލް އިންތިޚާބުގައި ކޮންގްރެސް ޕާޓީއަށް ވަނީ ކ. ކާށިދޫ ކައުންސިލްގެ ރައީސް ކަމުގެ މަޤާމާއި ތުލުސްދޫގެ ރައީސް ކަމުގެ މަޤާމާއި ހުރާ ކައުންސިލްގެ ރައީސް ކަމުގެ މަޤާމާއި ހިންމަފުށީގެ ރައީސް ކަމުގެ މަޤާމާއި ގުޅީ ކައުންސިލްގެ ރައީސް ކަމުގެ މަޤާމާއި މާފުށީ ކައުންސިލްގެ ރައީސް ކަމުގެ މަޤާމާއި ގުރައިދޫ ކައުންސިލްގެ ރައީސް ކަމުގެ މަޤާމު ހޯދާފަ އެވެ.
އެގޮތުން ކާށިދޫ ކައުންސިލްގެ ރައީސް ކަމަށް އިންތިޚާބުވި ސަބާހް މުހައްމަދު ވަނީ 485 ވޯޓް ހޯދާފަ އެވެ. އެ ރަށުގެ ފުލް މެޖޯރިޓީ ދިނީ ވެސްް ކޮންގްރެސްއަށެވެ. ތުލުސްދޫ ކައުންސިލްގެ ރައީސްގެ މަގާމުގައި މިހާރުވެސް ހުންނެވި ކޮންގްރެސްގެ ކެންޑިޑޭޓް އަސްލަމް މޫސާ ވަނީ ދެވަނަ ދައުރެއް ކަށަވަރު ކުރައްވާފަ އެވެ. އަސްލަމް ވަނީ 364 ވޯޓް ހޯޯދާފަ އެވެ. އެ ކައުންސިލްގައި އަންހެނުންނަށް ޚާއްސަ ގޮނޑިވެސް ލިބުނީ ކޮންގްރެސްއަށެވެ.
ހުރާ ކައުންސިލްގެ ރައީސް ކަމަށް އިންތިޚާބުވީ ކޮންގްރެސްގެ ކެންޑިޑޭޓް އިޙްސާން ޖަމީލް އެވެ. އިޙްސާން ވަނީ 544 ވޯޓް ހޯދާފަ އެވެ. އެ ކައުންސިލްގައި އަންހެނުންނަށް ޚާއްސަ ގޮނޑިވެސް ލިބުނީ ކޮންގްރެސްއަށެވެ. ހިންމަފުށީ ކައުންސިލްގެ ރައީސް ކަމަށް އިންތިޚާބުވީ ކޮންގްރެސްގެ ކެންޑިޑޭޓް ޙަސަން ފާޢިޒު އެވެ. ފާޢިޒު ވަނީ 386 ވޯޓެވެ.
އެ ކައުންސިލްގެ އަނެއް ދެ ގޮނޑި ވެސް ކާމިޔާބު ކުރީ ކޮންގްރެސްގެ ކެންޑިޑޭޓުންނެވެ.
ގުޅި ކައުންސިލްގެ ރައީސް ކަމުގެ މަޤާމު ހޯއްދެވީ ކޮންގްރެސްގެ ކެންޑިޑޭޓް މުޙައްމަދު ޙުމައިދު އެވެ. އެ ކައުންސިލްގައި އަންހެނުންނަށް ޚާއްސަ ގޮނޑިވެސް ލިބުނީ ކޮންގްރެސްއަށެވެ.
މާފުށީ ރައްޔިތުން ވެސް ވަނީ އެމްޑީޕީއަށް ބޮޑުކޮށް ނޫނެކޭ ބުނެ އެ ރަށު ކައުންސިލްގެ ރައީސް ކަމުގެ މަޤާމަށް ކޮންގްރެސްގެ ކެންޑިޑޭޓް އަލީ ޝަމްޢޫން އިންތިޚާބު ކޮށްފަ އެވެ. ޝަމްޢޫން ވަނީ 705 ވޯޓް ހޯދާފަ އެވެ. ޝަމްޢޫން އަކީ މިހާރުވެސް މާފުށީ ކައުންސިލްގެ ނާއިބު ރައީސެވެ.
ގުރައިދޫ ކައުންސިލްގެ ރައީސް ކަމަށް އިންތިޚާބުވީ އިބްރާހިމް ޝަލީޒް އެވެ. މިހާރުވެސް އެ މަޤާމުގައި ހުންނެވި ޝަލީޒް ވަނީ ވޯޓެއް ނެތި މަޤާމު ކަށަވަރު ކުރައްވާފަ އެވެ. ގުރައިދޫ ކައުންސިލްގެ ދެން ހުރި ގޮނޑިތައް ވެސް ކާމިޔާބުކުރީ ކޮންގްރެސްގެ ކެންޑިޑޭޓުންނެވެ.