ENGLISH
06 އޭޕްރީލު 2026
ކޯޅުން ކުރިއަށް: ޖަލްސާގައި ވާހަކަ ދައްކަން ފައްޔާޒާއި ނަޝީދަށް ފުރުސަތު ނުދޭން ނިންމައިފި
06 އޭޕްރީލު 2026
|
ނަޝީދުގެ އަރިހުގައި އެމްޑީޕީގެ ބައެއް ބޭފުޅުން --
އެންމެ މަޤްބޫލު
މިރޭ އެމްޑީޕީން ބާއްވާ ޖަލްސާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވާހަކަ ދައްކަން ފުރުސަތު ނުދޭން އެ ޕާޓީގެ ލީޑާޝިޕުން ނިންމި ކަމަށް ބުނެ އެ ޕާޓީގެ ބައެއް މެންބަރުން ޖަލްސާ ބޮއިކޮޓް ކޮށްފި އެވެ.
ހޮނިހިރު ދުވަހު އޮތް އިންތިޚާބުން އެ ޕާޓީން ހީކުރިވަރަށް ވުރެ ރަނގަޅު ކާމިޔާބީއެއް ލިބުމުން އެކަން ފާހަގަ ކުރަން މިރޭ އާޓިފިޝަލް ބީޗުގައި ޖަލްސާއެއް ބޭއްވުމަށް ވަނީ ނިންމާފަ އެވެ.
ނަމަވެސް އެ ޖަލްސާގައި ވާހަކަ ދައްކަން ނަޝީދަށް ފުރުސަތު ނުދޭން ލީޑާޝިޕުން ވަނީ ނިންމާފަ އެވެ. އެކަމާއި ގުޅިގެން ނަޝީދުގެ ސަޕޯޓަރުން ވަނީ ޖަލްސާ ބޮއިކޮޓް ކުރުމުގެ ހަރަކާތެއް ފަށާފަ އެވެ. އެ މީހުން ބުނީ އެމްޑީޕީއަށް ލިބުނު ކާމިޔާބީގެ އަސްލަކީ ނަޝީދު ކަމަށެވެ. އެހެން ކަމުން ނަޝީދަށް ވާހަކަ ދައްކަން ފުރުސަތު ނުދޭ ޖަލްސާއަކަށް ނުދާނެ ކަމަށެވެ.
އެ ޖަލްސާއަށް ނުދާން ބޮއިކޮޓް ކުރުމުގެ ހަރަކާތެއް އެ މީހުން ވަނީ ފަށާފަ އެވެ.
އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވެސް ވަނީ އޭނާއަށް ވާހަކަ ދައްކަން ފުރުސަތު ނުދޭން ނިންމާފައިވާ ކަމަށް ވިދާޅުވެފަ އެވެ. ފައްޔާޒު ވިދާޅުވީ އެ ޕާޓީގެ ޗެއާޕާސަން ގުޅުއްވާފައި މިރޭގެ ޖަލްސާގައި ވާހަކަ ދައްކަން ފުރުސަތު ދޭނެ ކަން އަންގާފައިވާ ކަމަށެވެ. ނަމަވެސް ފަހުން އެ ނިންމުން ބަދަލުކޮށްފައިވާކަން އެނގިފައިވާ ކަމަށެވެ.
އިއްޔެއިން ފެށިގެން އެމްޑީޕީގެ ދެ ފެކްޝަންގެ ކޯޅުން އަލުން ފެށި ކާމިޔާބުގެ ކްރެޑިޓް ހޯދުމުގެ ވާދަވެރި ކަމެއް ވަނީ ފެށިފަ އެވެ.