ENGLISH

06 އޭޕްރީލު 2026

Advertisement

މިރޭގެ ޖަލްސާގައި ނަޝީދަށް ވާހަކަ ދައްކަން ފުރުސަތެެއް ނެތް، ޖަލްސާ ބޮއިކޮޓް ކުރަނީ

06 އޭޕްރީލު 2026

|

އަޙުމަދު ޙަމީދު

ކުރީގެ ރައީސް މުޙައްމަދު ނަޝީދު.. ފޮޓޯ: ސޯޝަލް މީޑިއާ

މިރޭ އެމްޑީޕީން ބާއްވާ ޖަލްސާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވާހަކަ ދައްކަން ފުރުސަތު ނުދޭން އެ ޕާޓީގެ ލީޑާޝިޕުން ނިންމި ކަމަށް ބުނެ އެ ޕާޓީގެ ބައެއް މެންބަރުން ޖަލްސާ ބޮއިކޮޓް ކޮށްފި އެވެ.

ހޮނިހިރު ދުވަހު އޮތް އިންތިޚާބުން އެ ޕާޓީން ހީކުރިވަރަށް ވުރެ ރަނގަޅު ކާމިޔާބީއެއް ލިބުމުން އެކަން ފާހަގަ ކުރަން މިރޭ އާޓިފިޝަލް ބީޗުގައި ޖަލްސާއެއް ބޭއްވުމަށް ވަނީ ނިންމާފަ އެވެ.

ނަމަވެސް އެ ޖަލްސާގައި ވާހަކަ ދައްކަން ނަޝީދަށް ފުރުސަތު ނުދޭން ލީޑާޝިޕުން ވަނީ ނިންމާފަ އެވެ. އެކަމާއި ގުޅިގެން ނަޝީދުގެ ސަޕޯޓަރުން ވަނީ ޖަލްސާ ބޮއިކޮޓް ކުރުމުގެ ހަރަކާތެއް ފަށާފަ އެވެ. އެ މީހުން ބުނީ އެމްޑީޕީއަށް ލިބުނު ކާމިޔާބީގެ އަސްލަކީ ނަޝީދު ކަމަށެވެ. އެހެން ކަމުން ނަޝީދަށް ވާހަކަ ދައްކަން ފުރުސަތު ނުދޭ ޖަލްސާއަކަށް ނުދާނެ ކަމަށެވެ.

އެ ޖަލްސާއަށް ނުދާން ބޮއިކޮޓް ކުރުމުގެ ހަރަކާތެއް އެ މީހުން ވަނީ ފަށާފަ އެވެ.

އިއްޔެއިން ފެށިގެން އެމްޑީޕީގެ ދެ ފެކްޝަންގެ ކޯޅުން އަލުން ފެށި ކާމިޔާބުގެ ކްރެޑިޓް ހޯދުމުގެ ވާދަވެރި ކަމެއް ވަނީ ފެށިފަ އެވެ. 

ކިޔުންތެރިންގެ ހިޔާލު