ENGLISH
06 އޭޕްރީލު 2026
ދެއްވަދޫން ކޮންގްރެސް ކެންޑިޑޭޓުން ބޮޑުކޮށް ކުރި ހޯދާ ދެވަނަ ދައުރެއް ކަށަވަރު ކޮށްފި
06 އޭޕްރީލު 2026
|
ދެވަނަ ދައުރެއް ކާމިޔާބު ކުރެއްވި ކެންޑިޑޭޓުން --
އެންމެ މަޤްބޫލު
ލޯކަލް ކައުންސިލް އިންތިޚާބުގައި ގދ. ދެއްވަދޫގެ ތިން ގޮނޑި ވެސް ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓުން ކާމިޔާބު ކޮށްފި އެވެ.
މި ފަހަރުގެ އިންތިޚާބުގައި ކައުންސިލްގެ ރައީސް ކަމަށް އިންތިޚާބުވީ އަބްދުالله ސާފިޢު އެވެ. އަންހެނުންނަށް ޚާއްސަ ގޮނޑި ކާމިޔާބު ކުރެއްވީ އާއިޝަތު ތަމްހީދާ އެވެ. ކައުންސިލް މެންބަރު ކަަމުގެ ގޮނޑި އަހްމަދު ފަޒުހާދު ވަނީ ކާމިޔާބު ކޮށްފަ އެވެ.
މި ތިން ބޭފުޅުން ވެސް ވަނީ ގޮނޑި ދިފާއު ކުރައްވާފަ އެވެ. ޝާފިއުއާ ތަމްހީދާ އަދި ފަޒުހާދުގެ ލީޑާޝިޕްގައި މިިދިޔަ ދައުރުގައި ދެއްވަދޫގައި ވަނީ ތަަރައްޤީގެ މުހިންމު މަސައްކަތްތަކެއް ކުރިއަށް ގެންގޮސްފަ އެވެ. އެގޮތުން އެ ރަށު ސުލްތާން މުހައްމަދު ސުކޫލުގެ ދަރިވަރުންނަށް ޕްލޭ އޭރިޔާއެއް ތަރައްގީކޮށް ދިނުމާއި ކްލާސް ރޫމްތައް އޭސީ ކުުރުމާއި ދެއްވަދޫ ޞިއްޙީ މަރުކަޒުގައި ލޭ އެޅުމުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށް ދިނުމާއި ރަށުގައި ވީރާނާވެފައި އޮތް ފުޓްސަލް ދަނޑު މަރާމާތުކޮށް އަލުން ތަރައްޤީކުރުން ހިމެނެ އެވެ.
އަދި ކޮންމެ އަހަރަކު އެއްފަހަރު މިސްކިތްތަކުގެ އާބާތުރަ ފިލުވައި މިސްކިތްތައް ޒީނަތްތެރި ކުރުމާއި ރަށުގައި ހިތްގައިމު ކުޑަކުދިންގެ ޕާކެއް ޤާއިމްކޮށްދިނުމާއި ވޯޓަރ ތީމް ޕާކެއް ޤާއިމް ކުރުމާއި ލައިސެންސް ނެގުމުގެ ޚިދުމަތް ރަށުން ލިބޭނެ ގޮތް ހަމަޖެއްސުމާއި ބަނދަރު ސަރަޙައްދު ޒީނަތްތެރި ކުރުމާއި، ރަސްމީ ފާލަން ހެދުން ފާހަގަކޮށްލެވެ އެވެ.
މީގެ އިތުރުން މަސްކަނޑާނެ ތަނެއް ހެދުމާއި ވެހިކަލްތައް ދުއްވުމަށް ދަތިވާ ގޮތަށް ހުރި މަގުތައް ހެދުމާއި ދީނީ ހޭލުންތެރިކަން އިތުރު ކުރުމުގެ ގޮތުން ކޮންމެ އަހަރަކު މަދުވެގެން ތިން ފަހަރު ދީނީ ދަރުސްތައް ބޭއްވުމާއި ކައުންސިލް ޤުރުއާން މުބާރާތްތައް ބޭއްވުމާއި ފެންވަރު ރަނގަޅު ޓީޗަރަކާއެކު ކައުންސިލް ޤުރުއާން ކުލާސް ހުޅުވުމާއި ރަށުގެ ހުރިހާ މަގުތަކެއްގައި މަގު ބައްތިޖަހައި ރަށުތެރެ އަލިކުރުން ހިމެނެ އެވެ.
އަދި ނިޔަމި ސެޓްފިކެޓް ލެވެލް 2 ކޯސް ހިންގުމާއި ބޮޑެތި މީހުންނަށް އިނގިރޭސި ބަސް އުގަންނައިދިނުމަށް ޕްރޮގްރާމްތައް ހިންގުމާއި ސެޓިފައިޑް ޑައިވަރުން ތަމްރީންކުރުމުގެ ޕްރޮގްރާމް ހިންގުމާއި ޖަނާޒާ ކޯސް ހިންގުމާއި 2 ފަހަރަށް ކައުންސިލް ކަޕް ފުޓްސަލް މުބާރާތް ބޭއްވުމާއި ރަށުގެ ކްލަބްތަކާއި ގުޅިގެން ޢީދުތައް ފާހަގަ ކުރުމާއި ޙާއްޞަ އެހީއަށް ބޭނުންވާ މީހުންގެ ދުވަސް، ޢުމުރުން ދުވަސްވީ މީހުންގެ ދުވަސް، ކުޑަކުދިންގެ ދުވަސް ފަދަ ދުވަސްތައް ރަށު ފެންވަރުގައި ފާހަގަ ކުރުން ހިމެނެ އެވެ.
މި ފަހަރުގެ އިންތިޚާބުގައި ޝާފިއު ވަނީ 516 ވޯޓް ހޯދާފަ އެވެ. ޝާފިއުއާ ވާދަކުރި އެމްޑީޕީގެ ކެންޑިޑޭޓް އަހްމަދު ޝަފީގަށް ލިބުނީ 325 ވޯޓެވެ.
ތަމްހީދާ 442 ވޯޓް ހޯދާފައިވާއިރު އޭނާއާ ވާދަކުރި އެމްޑީޕީގެ ކެންޑިޑޭޓް އައިޝަތު ޝަހުދާއަށް ލިބުނީ 360 ވޯޓެވެ. ފަޒްހާދު ވަނީ 460 ވޯޓް ހޯދާފަ އެވެ.