ENGLISH

06 އޭޕްރީލު 2026

Advertisement

މަސްދަޅުގެ އަގަށް ގެނައި ބަދަލު މުރާޖައާކޮށް ކުރީގެ އަގުގައި ވިއްކަން ނިންމައިފި

06 އޭޕްރީލު 2026

|

އަޙުމަދު ޙަމީދު

މިފްކޯގެ މަސް ފިހާރަ --

މިފްކޯއިން ވިއްކާ ތެޔޮމަސްދަޅުގެ އަގަށް މިއަދު ގެނައި ބަދަލު މުރާޖައާކޮށް ކުރީގެ އަގުގައި ވިއްކަން ނިންމާ އެކަން އިއުލާނުކޮށްފި އެވެ.

ސަރުކާރުގެ މަސްކުންފުނި -- މިފްކޯ އިން މިރޭ ބުނީ އެ ކުންފުނިން ވިއްކާ ތެޔޮމަސްދަޅުގެ އަގަށް މިއަދު ގެނައި ބަދަލު ރައްޔިތުންގެ ޚިޔާލާއި ރައްޔިތުންގެ ދިރިއުޅުމުގެ އަގަށް ރިޢާޔަތްކޮށް، ކުރިން އޮތްގޮތަށް ބަދަލުކޮށްފައިވާ ކަމަށެވެ.

އެހެންކަމުން މިރެއިން ފެށިގެން މިފްކޯގެ މަސްފިހާރަތަކުން ކުރިއެކޭ ވެސް އެއްގޮތަށް ތެޔޮމަސްދަޅެއް 17.50ރ. އަށް އަދި ތެޔޮމަސްދަޅު ކޭހެއް 760ރ. އަށް ލިބޭނެ ކަމަށް ބުންޏެވެ.

އެ ކުންފުނިން ބުނީ އަބަދުވެސް ބަލާނީ ކޮލިޓީ ރަނގަޅު އުފެއްދުންތައް ވީއެންމެ ހެޔޮ އަގެއްގައި ކަސްޓަމަރުންނާ ހަމައަށް ފޯރުކޮށްދިނުމަށް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު