ENGLISH
06 އޭޕްރީލު 2026
ހުޅުމާލެ މެދު ދާއިރާގެ ކައުންސިލް ގޮނޑި ޕީއެންސީއަށް
06 އޭޕްރީލު 2026
|
ހުޅުމާލެ މެދު ދާއިރާގެ ކައުންސިލް ގޮނޑި ކާމިޔާބުކުރެއްވި ސަނީޙް
އެންމެ މަޤްބޫލު
ނިމިދިޔަ ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ހުޅުމާލެ މެދު ދާއިރާގެ ކައުންސިލް ގޮނޑި ސަރުކާރު ހިންގާ ޕީއެންސީން ކަށަވަރުކޮށްފި އެވެ.
އިލެކްޝަން ކޮމިޝަނުގެ ވަގުތީ ނަތީޖާތައް ދައްކާގޮތުން ހުޅުމާލެ މެދު ދާއިރާގެ ކައުންސިލް ގޮނޑި ކާމިޔާބުކުރެއްވީ އެމަގާމަށް ކުރިމަތިލެއްވީ ޕީއެންސީގެ ކެންޑިޑޭޓް އަހުމަދު ސަނީޙް އެވެ.
ސަނީޙް ވަނީ އެ ދާއިރާއިން 912 ވޯޓު ހޯދާފަ އެވެ. ސަނީޙާ ގާތުން ވާދަކުރެއްވި އެމްޑީޕީ ކެންޑިޑޭޓަށް ލިބިފައިވަނީ 903 ވޯޓެވެ. އެދާއިރާއަށް ވާދަކުރެއްވި އަމިއްލަ ކެންޑިޑޭޓަށް ލިބުނީ 188 ވޯޓެވެ.
މި އިންތިހާބުގައި މާލެ ހިމެނޭހެން ސިޓީތަކުގެ މޭޔަރުކަން ޕީއެންސީއަށް ގެއްލުނު ނަމަވެސް ގިނަ ރަށްރަށުން ޕީއެންސީން ވަނީ ކައުންސިލުތަކުގެ އަޣުލަބިއްޔަތު ކާމިޔާބުކޮށްފަ އެވެ.