ENGLISH

06 އޭޕްރީލު 2026

Advertisement

މަސްދަޅުގެ އަގަށް ބަދަލު ގެނެސްފި

06 އޭޕްރީލު 2026

|

އައިމިނަތު ޝަފާ

މަސްދަޅު. ފޮޓޯ؛ސަންގު

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން މަސްދަޅުގެ އަގަށް ބަދަލު ގެނެސްފި އެވެ.

އެ ކުންފުނިން ބުނީ މި ބަދަލު ގެންނަން ޖެހުނީ މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލާއެކު، މަސްދަޅު އުފެއްދުމަށް ހިނގާ ޚަރަދު ވަރަށް ބޮޑަށް މައްޗަށް ދިއުމާ ގުޅިގެންކަމަށެވެ.

މިފްކޯއިން ބުނީ މާރިޗް މަހުގެ ކުރިން 11.57ރ އަށް ލީޓަރެއް ލިބެމުން ދިޔަ ތެޔޮ މިހާރު އެކުންފުންޏަށް ލިބެނީ 14.32ރ. އަށް ބޮޑު އަގުގައިކަމަށެވެ.

މަސްދަޅުގެ އަގަށް އައި ބަދަލާއެކު މިއަދުން ފެށިގެން ތެޔޮ މަސްދަޅެއް ވިއްކުމަށް ހަމަޖެހިފައިވަނީ 18.50ރ. އަށެވެ. މިއީ ކުރީގެ އަގުން ރުފިޔާއެއްގެ ބޮޑުވުމެކެވެ. މި ބަދަލާއެކު، ތެޔޮ މަސްދަޅު ކޭހެއް ވިއްކުމަށް ހަމަޖެހިފައިވަނީ 800ރ. އަށެވެ.

މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން މުޅި ދުނިޔޭގެ އިޤްތިޞާދަށް އަންނަ ހީނަރުކަމާއެކު ކުރިމަތިވަމުންދާ ގޮންޖެހުންތަކުގެ ސަބަބުން މިފްކޯގެ އުފެއްދުންތެރިކަމުގެ ޚަރަދު ބޮޑުވެފައިވީނަމަވެސް ކުންފުނިން ފިޔަވަޅުތައް އަޅަމުންދާނީ ރައްޔިތުންނަށް އޭގެ އަސަރު އެންމެ ކުޑަވާނެ ގޮތަކަށްކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ.

ކިޔުންތެރިންގެ ހިޔާލު