ENGLISH

06 އޭޕްރީލު 2026

Advertisement

ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު މިލިއަނަކަށްވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި

06 އޭޕްރީލު 2026

|

އައިމިނަތު ޝަފާ

މާލޭގައި ހުންނަ ކަސްޓަމްސް އޮފީސް

ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު މިލިއަނަކަށްވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގެންފި އެވެ. 

އިތުރު ތަފްސީލު ދެމުން ކަސްޓަމްސްއިން ބުނީ މިދިޔަ ބުދަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ވައިގެމަގުން ރާއްޖެ އެތެރެކުރަން އުޅުނު ދެ ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އަތުލައިގެންފައި ވާކަމަށެވެ.

އަތުލައިގެންފައިވަނީ މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ހަޝިޝް އޮއިލް އެވެ. މި ތަކެތީގެ ބަރުދަނުގައި 2174 ގްރާމް ހުރިކަމަށް ކަސްޓަމްސްއިން މައުލޫމާތު ދެއެވެ. 

ކަސްޓަމްސްއިން ބުނީ މި ތަކެތީގެ މަަގުމަތީއަގު 1.7 މިލިއަން ދިވެހި ރުފިޔާއަށްވުރެ އިތުރުކަމަށެވެ. 

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށް ކަސްޓަމްސް އިން އަންނަނީ ހާއްސަ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު