ENGLISH
06 އޭޕްރީލު 2026
ޕީއެންސީއަށް އުކުޅަހުން ލިބުނު ކާމިޔާބީ ކުލަ ގަދަކޮށް ފާހަގަކޮށްފި
06 އޭޕްރީލު 2026
|
ޕީއެންސީއަށް އުކުޅަހުން ލިބުނު ކާމިޔާބީ ފާހަގަކުރުމުގެ ތެރެއިން
އެންމެ މަޤްބޫލު
ނިމިދިޔަ ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި އއ. އުކުޅަހުން ޕީއެންސީއަށް ތިބުނު ތާރީޚީ ކާމިޔާބީ ކުލަ ގަދަކޮށް ފާާހަގަކޮށްފި އެވެ.
ރާއްޖޭގައި ސިޔާސީ ޕާޓީތައް އުފެދުނު ފަހުން އެމްޑީޕީއަށް ބޮޑު ތާއީދެއް އޮންނަ އުކުޅަހުގައި މީގެ ކުރިން އަބަދުވެސް ކައުންސިލް މެޖޯރިޓީ ނަގަނީ އެމްޑީޕީން ނެވެ. ނަމަވެސް ނިމިދިޔަ އިންތިހާބުގައި އެމްޑީޕީން ރަސްކަން ކުރަމުން އައި އުކުޅަހުން ފުރަތަމަ ފަހަރަށް އެ ޕާޓީއަށް ބޮޑުތަނުން ވަނި ނޫނެކޭ ބުނެފަ އެވެ. އިންތިހާބުގައި އެންމެ ގޮނޑިއެއް ފިޔަވައި ހުރިހާ ގޮނޑިއެއް ކާމިޔާބުކުރީ ޕީއެންސީން ނެވެ.
މި ކާމިޔާބީ ފާހަގަކުރަން ރޭ އުކުޅަހުގައި ބޭއްވި ކުލަގަދަ ހަފްލާގައި، ކޭކުފަޅައި، ހަވާ އަރުވައި އުކުޅަހުގެ ޕީއެންސީ މެންބަރުންނަށް ބޮޑު ޖާފަތެއްވެސް ދީފައި ވެއެވެ. އެ ރަސްމިއްޔާތުގައި އުކުޅަހަށް ނިސްބަތްވެވަޑައިގަންނަވާ ކުޅިވަރާބެހޭ ވަޒީރު އަބްދުالله ރާފިޢު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ލޯކަލް ކައުންސިލުތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި އުކުޅަހު ކައުންސިލްގެ ތިން ގޮނޑި ވެސް ދިނީ ކޮންގްރެސްގެ ކެންޑިޑޭޓުންނަށެވެ.
އެ ޕާޓީގެ ޓިކެޓްގައި ވާދަކުރި އަލީ ވަހީދު ވަނީ ކައުންސިލްގެ ރައީސް ކަމަށް އިންތިހާބުވެފަ އެވެ. އަންހެނުންނަށް ޚާއްސަ ގޮނޑި ކަށަވަރު ކުރީ ކޮންގްރެސްގެ ކެންޑިޑޭޓް އައިމިނަތު ޒޫނާ އެވެ. އަނެއް ގޮނޑި ކާމިޔާބު ކުރީ ކޮންގްރެސްގެ ކެންޑިޑޭޓް މުޙައްމަދު ޝަފްރާޒް އެވެ.
އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރު ކަމުގެ ދެ މަގާމު ވެސް ލިބުނީ ކޮންގްރެސް އަށެވެ.
މިއީ އުކުޅަހު ކައުންސިލްގައި އެމްޑީޕީ މެންބަރަކު ނުހިމެނޭ ފުރަތަމަ ފަހަރެވެ.