ENGLISH

06 އޭޕްރީލު 2026

Advertisement

ރާއްޖޭގެ އެކި ހިސާބުތަކަށް މިއަދު ވިއްސާރާއިގެ އަސަރު ކުރާނެ: މެޓް

06 އޭޕްރީލު 2026

|

އާމިނަތު ނުޒްލާ

ރާއްޖޭގެ އެކި ހިސާބުތަކަށް މިއަދު ވިއްސާރަ ކުރާނެ-- ފޮޓޯ: ޕީއެސްއެމް

ހޫނު ގަދަ ދުވަސްތަކަކަށްފަހު މިއަދު ރާއްޖޭގެ ބައެއް ހިސާބުތަކަށް ވިއްސާރަ ކުރާނެކަމަށް ލަފާކުރޭވޭކަމަށް ގައުމީ މުސުމާ ބެހޭ އިދާރާއިން ބުނެފި އެވެ.

މެޓް އިން ބުނީ، ދެކުނުގެ ބައެއް ރަށްތަކަށް ވިއްސާރަ ކުރުމާއެކު ގުގުރުން އެކަށީގެންވާކަމަށެވެ. އަދި މެދު ރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް ކެރީގެ އަސަރު ކުރި ނަމަވެސް، އާއްމުގޮތެއްގައި މޫސުން ރަނގަޅުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން އާއްމުކޮށްފައިވާ، ތަފާސްހިސާބުތަކަށް ބަލާއިރު މިއަދާއި މާދަމާ އަދި އަނެއް ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ އެވެ. ވައިޖެހޭނެ ކަމަށް ލަފާކޮށްފައިވަނީ ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 7 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގަ އެވެ. ވިއްސާރައިގެ އަސަރު ކުރި ނަމަވެސް ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށް މެޓްއިން ބުނެފައިވެ އެވެ. މީގެ އިތުރުން ރާޅުގެ އުސްމިން ހުންނާނެ ކަމަށް ލަފާކޮށްފައިވަނީ ދެ ފޫޓް އާ ފަސް ފޫޓް އާ ދެމެދު އެވެ.

މި ހަފްތާގައި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވިއްސާރާކުރި ނަމަވެސް، ކުރިއަށް އަދި އޮތީ ހޫނު މޫސުމް ކަމަށް މެޓްއިން ބުނެފައިވެ އެވެ.

އޭޕްރީލް މަހަކީ ރާއްޖޭގެ އެކި ހިސާބުތަކަށް އެންމެ ހޫނު ގަދަ ދުވަސްކޮޅެވެ. މިދުވަސް ކޮޅު އިހްސާސްކުރެވޭ ހޫނުމިން އާއްމުކޮށް ރާއްޖޭގައި ހުންނަނީ 37 ޑިގްރީ ސެލްސިއަސް އަށް ވުރެ މަތީގައިކަން މެޓްގެ ތަފާތި ހިސާބުތަކުން ދައްކަ އެވެ.

ކިޔުންތެރިންގެ ހިޔާލު