ENGLISH

06 އޭޕްރީލު 2026

Advertisement

މިއަހަރު ޙައްޖުގެ އަޅުކަމަށްދާ މީހުން ފުރުމަށް ހަމަޖެހިފައިވާ ދުވަަސްތައް އިއުލާންކޮށްފި

06 އޭޕްރީލު 2026

|

އާމިނަތު ނުޒްލާ

މިއަހަރު ހައްޖަށްދާ މީހުން ފުރުމަށް ހަމަޖެހިފައިވާ ދުވަސްތައް ކަނޑައަޅައިފި-- ފޮޓޯ: ޕީއެސްއެމް

މިއަހަރުގެ ޙައްޖުގެ އަޅުކަމަށް ރާއްޖެއިން ދާ ޙައްޖާޖީން ފުރުމަށް ހަމަޖެހިފައިވާ ތާރީޚުތައް، ކަނޑައަޅައިފި އެވެ.

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ބުނީ، ރާއްޖެއިން ޙައްޖަށްދާ މީހުންގެ 50 އިންސައްތަ މީހުން ގެންދިއުމަށް ހަމަޖެހިފައިވަނީ ސައުދީ އެއާލައިން އިން ކަމަށާއި، އަދި އަނެއް 50 އިންސައްތަ މީހުން ގެންދާނީ ޤައުމީ އެއާލައިން މޯލްޑިވިއަންގެ ފްލައިޓުގައި ކަމަށެވެ. ރާއްޖޭއިން ޙައްޖަށްދާ މީހުން ގެންދިއުމަށް ހަތަރު ފްލައިޓެއް ބޭއްވުމަށް ހަމަޖެހިފައިވެ އެވެ.

ރާއްޖޭގެ ޙައްޖާޖީން ފުރުމަށް ހަމަޖެހިފައިވާ ތާރީޚުތައް އެފަރާތްތަކާއި ހިއްސާކުރަމުން ގެންދާނެކަމަށްވެސް އެ ކޯޕަރޭޝަނުން ބުނެފައިވެ އެވެ.

ރާއްޖެއިން ފުރުމަށް ހަމަޖެހިފައިވާ ތާރީޚުތައް: 

  • ފްލައިޓް 1 : 15 މޭ  ( 242 މީހުން)
  • ފްލައިޓް 2 : 17 މޭ  ( 250 މީހުން)
  • ފްލައިޓް 3 : 18 މޭ ( 243 މީހުން)
  • ފްލައިޓް 4 : 19 މޭ ( 250 މީހުން)

ސައުދީ އެއާލައިންގެ ދަތުރުތައް ކުރާނީ މެއި 15 އަދި 18 ވަނަ ދުވަހު އެވެ. އަދި މެއި 17 އަދި 19 ވަނަ ދުވަހުގެ ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ މޯލްޑިވިއަން ފްލައިޓްގަ އެވެ.

ޙައްޖާޖީން ރާއްޖެ އެނބުރި އަންނަ ތާރީޚުތައް:

  • ފްލައިޓް 1 : 5 ޖޫން ( 242 މީހުން)
  • ފްލައިޓް 2 : 7 ޖޫން  ( 250 މީހުން)
  • ފްލައިޓް 3 : 8 ޖޫން ( 243 މީހުން)
  • ފްލައިޓް 4 : 9 ޖޫން ( 250 މީހުން)

މޯލްޑިވިއަންގެ ފްލައިޓް ދަތުރުކުރާނީ ޖޫން 7 އަދި 9 ގަ އެވެ. ޖޫން 5 އަދި 8 ގެ ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ ސައުދީ އެއާލައިންގެ ފްލައިޓްގަ އެވެ.

މިއަހަރުގެ ޙައްޖުގެ އަޅުކަމަށް ރާއްޖެއިން ދާ ޙައްޖާޖީންނަށް ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިނާގެ ޓެންޓުތަކުގެ އިންތިޒާމުތައް މިހާރަށްވުރެ ފުރިހަމަކޮށް، ޙައްޖާޖީންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް އެންމެ މަތީ ފަންތީގައި ފޯރުކޮށްދިނުގެ މަސައްކަތްތައް އަންނަނީ ކުރަމުންނެވެ. 

ރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމަށް ކޮންމެ އަހަރަކުވެސް ލިބެނީ 1000 ކޯޓާ އެވެ. ޙައްޖާޖީންނަށް ހިދުމަތްތައް ފޯރުކޮށްދިނުމަށް ދާ ފަރާތްތައްވެސް ދަތުރުކުރަނީ މި ކޯޓާގަ އެވެ.

ޙައްޖުގެ އެންމެ ފަހުގެ ތައްޔާރީތަކަށް، މެއި 4 ވަނަ ދުވަހު ހައްޖު މިޝަންގެ ފަރާތްތައް ފުރުމަށް ހަމަޖެހިފައިވެ އެވެ،

ކިޔުންތެރިންގެ ހިޔާލު