ENGLISH
12 ޖޫން 2026
15 އަހަރު އެމްޑީޕީން ރަސްކަންކުރި މާޅޮހުން އެ ޕާޓީ ފުހެވި ފަސް ގޮނޑި ކޮންގްރެސްއަށް
06 އޭޕްރީލު 2026
|
މާޅޮހުގެ އިންތިޚާބީ މެންބަރުން --
އެންމެ މަޤްބޫލު
ނިމިދިޔަ 15 އަހަރު އިދިކޮޅު އެމްޑީޕީން ރަސްކަންކުރި އއ. މާޅޮހުން އެ ޕާޓީއަށް ބޮޑުކޮށް ނޫނެކޭ ބުނެ ލޯކަލް ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަސް ގޮނޑި އެ ޕާޓީއަށް ދީފި އެެވެ.
ކައުންސިލްގެ ދެ ގޮނޑި ލިބުނީ ކޮންގްރެސް އަށެވެ. އެގޮތުން މާޅޮހު ކައުންސިލްގެ ރައީސަކަށް އިންތިޚާބުވީ ކޮންގްރެސްގެ ކެންޑިޑޭޓް އަހްމަދު ރާޝިދު އެވެ. އޭނާ އަށް 238 ވޯޓް ލިބުނެވެ. އަމިއްލަ ގޮތުން ވާދަކުރި ކެންޑިޑޭޓް ސަލީމްއަށް ލިބުނީ 230 ވޯޓެވެ.
ކައުންސިލްގެ މެންބަރު ކަމަށް އިންތިޚާބުވީ ކޮންގްރެސްގެ ކެންޑިޑޭޓް އިބްރާހިމް ނަޔާޒް އެވެ. ނަޔާޒްއަށް 244 ވޯޓް ލިބިފައިވެ އެވެ.
މީގެ އިތުރުން މާޅޮހު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ތިން ގޮނޑި ވެސް ކޮންގްރެސްގެ ކެންޑިޑޭޓުން ވަނީ ކާމިޔާބު ކޮށްފަ އެވެ. އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސާ އަކަށް އިންތިޚާބުވީ މަރިޔަމް އިހްސާނާ އެވެ. މެންބަރު ކަމުގެ އަނެއް ދެ މަޤާމަށް އިންތިޚާބުވީ ޙައްވާ ސަމާ އާއި އައިމިނަތު ޝަޒީމާ އެވެ.
އިހްސާނާ ވަނީ 235 ވޯޓް ހޯދާފަ އެވެ. ޙައްވާ ސަމާއަށް 245 ވޯޓް ލިބުނެވެ. ޝަޒީމާ އަށް ވަނީ 236 ވޯޓް ލިބިފަ އެވެ.
މި ފަހަރުގެ އިންތިޚާބަށް އެމްޑީޕީގެ ޓިކެޓްގައި ކެންޑިޑޭޓަކު ނުވެސް ނެރެ އެވެ. އެއީ އިންތިޚާބު ކާމިޔާބު ކުރުމުގެ އެއްވެސް ޔަޤީންކަމެއް ނެތުމުންނެވެ. އެއާއެކު 15 އަހަރު މާޅޮހުގައި އެމްޑީޕީން ކުރި ވެރިކަން ނިމުމަކަށް އައީ އެވެ. އެ ރަށުގެ އަޣުލަބިއްޔަތުން އެމްޑީޕީ ފަހާލީ އެވެ.