ENGLISH
06 އޭޕްރީލު 2026
ދަރަނބޫދޫން ކޮންގްރެސްއަށް އޭ ސްޓާއެއް، ހުރިހާ ގޮނޑިއެއް ދީފި
06 އޭޕްރީލު 2026
|
ދަރަނބޫދޫގެ އިންތިޚާބީ މެންބަރުން --
އެންމެ މަޤްބޫލު
ފ. ދަރަނބޫދޫ ކައުންސިލްގެ ރައީސް ކަމާއި އަންހެނުންގެ ތަރައްޤީއަށް މަަސައްކަތްކުރާ ކޮމެޓީގެ ރައީސާ ކަމުގެ މަޤާމު ހިމެނޭހެން އެ ރަށުގެ ހަ ގޮނޑި ވެސް ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓުން ކާމިޔާބު ކޮށްފި އެވެ.
ދަރަނބޫދޫ ކައުންސިލް ރައީސް ކަމަށް އިންތިޚާބުވީ ކޮންގްރެސްގެ ކެންޑިޑޭޓް ޢަބްދުލް ޙަމީދު އާދަމް އެވެ. ޙަމީދު ވަނީ 192 ވޯޓް ހޯދާފަ އެވެ. އެމްޑީޕީގެ ކެންޑިޑޭޓް އާދަމް މުހައްމަދަށް ލިބުނީ 138 ވޯޓެވެ.
ކައުންސިލްގެ އަންހެން މެންބަރު ކަމުގެ ގޮނޑި ހޯދީ ކޮންގްރެސްގެ ކެންޑިޑޭޓް ނަދީމާ އަހްމަދު އެވެ. އޭނާ ވަނީ 196 ވޯޓް ހޯދާފަ އެވެ. ނަދީމާއާ ވާދަކުރި އެމްޑީޕީގެ ކެންޑިޑޭޓް ނަޖްމާ އަށް ލިބުނީ 147 ވޯޓެވެ.
އަދި ކައުންސިލް މެންބަރު ކަމަށް ކޮންގްރެސްގެ ކެންޑިޑޭޓް ޢަރްޔަޝް މުހައްމަދު ވަނީ އިންތިޚާބުވެފަ އެވެ. ޢަރްްޔަޝްއަށް 203 ވޯޓް ލިބުނެވެ.
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސާގެ މަޤާމަށް އިންތިޚާބުވީ ކޮންގްރެސްގެ ކެންޑިޑޭޓް ލީމާ އިބްރާހިމް އެވެ.
އަންހެނުންގެ ކޮމެޓީގެ މެންބަރު ކަމުގެ ދެ މަޤާމު ވެސް ލިބުނީ ކޮންގްރެސްގެ ކެންޑިޑޭޓުންނަށެވެ. އެގޮތުން ކޮންގްރެސްގެ ކެންޑިޑޭޓް ރުޤިއްޔާ އިބްރާހިމް އާއި ޝަބާނާ ވަޙީދު ވަނީ ކާމިޔާބު ކޮށްފަ އެވެ.