ENGLISH
06 އޭޕްރީލު 2026
މާމިގިލީން ކޮންގްރެސް ޕާޓީއަށް ތާރީޚީ މޮޅެެއް
05 އޭޕްރީލު 2026
|
މާމިގިލީން އިންތިޚާބުވި ކޮންގްރެސްގެ ކެންޑިޑޭޓުން --
އެންމެ މަޤްބޫލު
އިއްޔެ އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިޚާބުގައި އދ. މާމިގިލީން ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓުން ތާރީޚީ ކާމިޔާބެއް ހޯދައިފި އެވެ.
މާމިގިއްޔަކީ ޖުމްހޫރީ ޕާޓީގެ ތާއީދު ވަރަށް ބޮޑު ރަށެކެވެ. މި ފަހަރު އިންތިޚާބަށް އެންމެ ގިނަ ކެންޑިޑޭޓުން ނެރުނު އެއް ރަށަކީވެސް މާމިގިއްޔެވެ. ޖުމްހޫރީ ޕާޓީއާ ޕީއެންސީއާ އެމްޑީޕީގެ އިތުރުން އަމިއްލަ ގޮތުން ވެސް ގިނަ ކެންޑިޑޭޓުން ވަނީ ކުރިމަތިލާފަ އެވެ.
އިއްޔެ އޮތް އިންތިޚާބުގައި މާމިގިލީ ކައުންސިލްގެ ފަސް ގޮނޑީގެ ތެރެއިން ދެ ގޮނޑި ވަނީ ކޮންގްރެސް އިން ހޯދާދަ އެވެ. އެއީ ކޮންގްރެސްގެ ކެންޑިޑޭޓް އަލީ ނިހާލް (ހިންޔޭ) އާއި އަޒްލީނާ އިބްރާހިމް އެވެ.
ކައުންސިލްގެ ރައީސް ކަމަށް ކޮންގްރެސް އިން ވާދަކުރި ކެންޑިޑޭޓް ނާކާމިޔާބުވީ ވަރަށް މަދު އަދަދެއްގެ ވޯޓްގެ ފަރަގުންނެވެ.
މީގެ އިތުރުން މާމިގިލީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ ރައީސާގެ މަގާމު ކޮންގްރެސް އިން ވަނީ ހޯދާފަ އެވެ. ތަފާތު ބޮޑުކޮށް އެ މަގާމު ހޯދާފައިވަނީ ކޮންގްރެސްގެ ކެންޑިޑޭޓް ދިމްޝާ އަހްމަދު (ދިމްކޮ) އެވެ. މީގެ އިތުރުން މެންބަރު ކަމުގެ ދެ މަޤާމު ވެސް ކޮންގްރެސް އިން ވަނީ ކަށަވަރު ކޮށްފަ އެވެ. އެއީ މަރިޔަމް ސަމާ އާއި އުއްމުކުލްޡޫމް (އުއްމު) އެވެ. ކޮންގްރެސް އިން ދެން ވާދަކުރި ކެންޑިޑޭޓުން ވެސް ވަނީ ރަނގަޅު އަދަދެއްގެ ވޯޓް ހޯދާފަ އެވެ.