ENGLISH

06 އޭޕްރީލު 2026

Advertisement

މެދުއިރުމަތީގެ ހާލަތާ ގުޅިގެން މިފްކޯއިން ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކެއް އަޅައިފި

05 އޭޕްރީލު 2026

|

އައިމިނަތު ޝަފާ

ކޫއްޑޫ މަސްކިރުވާ ސަރަހައްދު

މެދުއިރުމަތީގެ ހާލަތާ ގުޅިގެން މިފްކޯއިން ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކެއް އަޅައިފި

މާދަމާއިން ފެށިގެން ސަރުކާރުގެ މަސް ކުންފުނި މިފްކޯއިން، ޚަރަދު ކުޑަކުރުމަށް އަޅާ ފިޔަވަޅުތަކުގެ ސަބަބުން ކުންފުނީގެ އެއްވެސް މުވައްޒަފަކަށް އެއްވެސް ދެރައެއް ނުލިބޭނެކަމުގެ ޔަގީންކަން އެ ކުންފުނިން ދީފި އެވެ. 

މެދުއިރުމަތީގެ ހަމަނުޖެހުމާއިގުޅިގެން ކުންފުނީގެ ޚަރަދުތައް ކުޑަކުރުމަށްޓަކައި ހެޑްއޮފީހާއި ސެންޓަރު ތަކުގައި،  ހާއްސަ "ހާލަތު"ގެ ފިޔަވަޅު އެޅުމަށް ވަނީ ނިންމާފަ އެވެ. މިގޮތުން އަޅާ ފިޔަވަޅުތަކުގެ ތެރެއިން އިދާރީ އޮފީސްތަކަށް، ޚާއްޞަކުރެވިފައިވާ ފިޔަވަޅުތައް، މާދަމާއިން ފެށިގެން އަޅަން، ފެށުމަށް އެ ކުންފުނިން ނިންމާފައިވާއިރު މަޝްވަރާ އާއިއެކު އަޅަން، ޖެހޭ ފިޔަވަޅުތަކަށް ބޭނުންވާ މަޝްވަރާތައް ނިންމުމަށްފަހު މި މަހުގެ އަށް ވަނަ ދުވަހުން ފެށިގެން އެ ފިޔަވަޅުތައް އެޅުމަށްވެސް ކުންފުނިން އަންނަނީ ތައްޔާރުވަމުން ނެވެ. 

ޚާއްސަ ހާލަތުގެ ދަށުން އެ ކުންފުނިން ނިންމީ:

  • މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ޚަރަދު ކުޑަކުރުމުގެ ގޮތުން ޚާއްސަ ފިޔަވަޅުތަކެއް އެޅުމަށް ވަނީ ނިންމާފައި. އެގޮތުން މާދަމާއިން ފެށިގެން ހެޑް އޮފީހާއި ސެންޓަރުތަކުގެ އިދާރީ އޮފީސްތަކުގެ ރަސްމީ ގަޑިއަކީ 8:00 އިން 14:00 އަށް ކަމުގައި ވަނީ ހަމަޖައްސާފައި. މީގެ ކުރިން ރަސްމީ ގަޑިއަކީ 8:00 އިން 16:00 އަށް
  • ރަސްމީ ގަޑީގެ އިތުރުން، މަސައްކަތުގައި ވަގުތު ހޭދަކުރަންޖެހޭނަމަ، "ބަންދު ގަޑީގައި މަސައްކަތް ކުރުމަށް އެދޭ ފޯމް" ފުރައި އެޗްއޯޑީގެ ހުއްދަ ނަގަން ޖެހުން.
  • އިތުރު ގަޑީގެ ފައިސާ ދޭނީ، ދުވާލަކު އަށް ގަޑިއިރު މަސައްކަތް ކުރަންޖެހިއްޖެ ނަމަ، އެ އަށް ގަޑިއިރަށްވުރެ އިތުރުވެއްޖެނަމަކަން.
  • ޚާއްސަ ހާލަތުގެ ރަސްމީ ގަޑި ނިމުމަށްފަހު އޮފީހުގައި ކަރަންޓު ހިނގާގޮތަށް ހުރި ފަންކާ، އޭސީ، ލައިޓްތައް ފަދަ ތަކެތި ނިއްވައިލެވޭނެ.
  • ބަންދު ގަޑީގައި ކޮންމެހެން މަސައްކަތަށް ނެރެންޖެހޭ މުވައްޒަފުން ނެރޭނީ އެޗްއޯޑީއެއްގެ ހުއްދަ ލިޔުމުން ލިބިގެން
  • އިދާރީ މުވައްޒަފުންގެ ރަސްމީ ވަގުތު ކުރުކުރިޔަސް، އޮޕަރޭޝަނަކަށް އެއްވެސް ބަދަލެއް ނާންނާނެ. އަދި މިފްކޯގެ ފިހާރަތަކުން ކުރިއެކޭ އެއްގޮތަށް ޚިދުމަތް ލިބޭނެ.
  • އިދާރީ އޮފީސްތަކުގެ ރަސްމީ ގަޑި ކުރުކުރުމުގެ އިތުރަށް މިފްކޯގެ ސެންޓަރުތަކާއި ބޯޓުފަހަރު ހިމެނޭހެން، ޚަރަދު ކުޑަކުރެވޭނެހެން މުޅި އޮޕަރޭޝަނަށް ބަދަލުތައް ގެނައުމަށް ވަނީ ނިންމާފައި.
  • ކުންފުނީގެ ޚަރަދުތައް ހަރުދަނާ ގޮތެއްގައި ކޮންޓްރޯލްކޮށް، އާމްދަނީ އިތުރުކުރެވޭނެ ގޮތަށް އަޅާ މި ފިޔަވަޅުތަކަކީ މި ދަނޑިވަޅުގައި ދުނިޔޭގެ އިގުތިސާދަށް ދިމާވާ ގޮންޖެހުންތަކާ ގުޅިގެން މިފްކޯއަށް ކުރާ ނޭދެވޭ އަސަރުތަކުން އަރައިގަތުމަށް އެޅޭ ފިޔަވަޅުތަކެއް. 

މި ފިޔަވަޅުތައް ތަންފީޒު ކުރާނީ މުވައްޒަފުންގެ ހައްގުތަކަށް އުނިކަން ނާންނާނެގޮތަށްކަމަށް މިފްކޯއިން މައުލޫމާތު ދެއެވެ. 

މެދުއިރުމަތީގެ ހާލަތާ ގުޅިގެން ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކެއް އަޅާނެކަން މީގެ ކުރިން ސަރުކާރުން ވަނީ ހާމަކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު