ENGLISH
11 އޭޕްރީލު 2025
ދިއްދޫ ކަޓުވާލައި އޭދަފުށި ކުއާޓާ އަށް، ފުވައްމުލަކާއި ތިމަރަފުށި ގުރަކަށް
14 ޑިސެމްބަރު 2024
|
އޭދަފުއްޓަށް ލަނޑުޖަހައިދިނުމަށްފަހު މުޙައްމަދު ފާސިރު (ފާއްޓޭ) އުފާ ފާޅުކުރަނީ. --ފޮޓޯ: މިހާރު
މިހާރު ކުރިއަށްދާ ނައިންޓީ ޕްލަސް ގޯލްޑް ކަޕްގައި ހއ. ދިއްދޫ ކަޓުވާލައި ބ. އޭދަުފުށި ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ.
އަދި ކުއާޓާ ފައިނަލަށް ދާނެ ޓީމެއް ކަނޑައެޅުމަށް ޏ. ފުވައްމުލަކު ސިޓީ އާއި ތ. ތިމަރަފުށީގެ މެދުގައި ގުރުއަތުލަން ވަނީ ޖެހިފައެވެ.
ގަލޮޅު ރަސްމީ ދަނޑުގައި މިރޭ ކުޅުނު މެޗުގައި ކ. ގުރައިދޫން ވަނީ 1-0 އިން ފުވައްމުލައް ބަލިކޮށްފައެވެ. މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، އެ ޓީމަށް ކާމިޔާބުކޮށްދިނީ އަހުމަދު ޝުއޫން އެވެ.
މި ނަތީޖާއާއެކު މި ގްރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި ދެ މެޗުން ލިބުނު ހަ ޕޮއިންޓާއެކު ގުރައިދޫ ކުއާޓާ އަށް ދަތުރުކުރިއިރު، ތިމަރަފުއްޓާއި ފުވައްމުލަކަށް ލިބިފައިވަނީ އެއްޕޮއިންޓެވެ. މިއާއެކު، މި ދެ ޓީމު ޕޮއިންޓާއި ގޯލުގެ ގޮތުން ވެސް އެއްވަރުވުމާ އެކު، ގުރޫޕްގެ ދެވަނަ ޓީމު ކަނޑައަޅާނީ ގުރުނަގައިގެންނެވެ.
މި މުބާރާތުގައި މިއަދު ހަވީރު ކުޅުނު މެޗުގައި އޭދަފުށިން ވަނީ 4-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ދިއްދޫ ބަލިކޮށްފައެވެ. މި މެޗުގައި އޭދަފުށީގެ މުޙައްމަދު ފާސިރު (ފާއްޓޭ) ދެ ލަނޑުޖެހިއިރު، އަނެއް ދެ ލަނޑު ޖަހައިދިނީ އަލީ ނަސީމް އާއި ޖައުޝާން މުޙައްމަދު އެވެ.
މި މެޗުން ހޯދީ މޮޅާއެކު އޭދަފުށި ވަނީ އެ ގްރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި ކުއާޓާ އަށް ދަތުރުކޮށްފައެވެ. ދެވަނަ ލިބުނީ މާފުއްޓަށެވެ. ފުލުގައި އޮތް ދިއްދޫ ވަނީ ކަޓައިފައެވެ.