ENGLISH
05 އޭޕްރީލު 2026
ވަށަަފަރުން އެމްޑީޕީއަށް ނޫނެކޭ ބުނެ ހަ ގޮނޑި ވެސް ކޮންގްރެސްއަށް
05 އޭޕްރީލު 2026
|
ވަށަފަރުގެ އިންތިޚާބީ މެންބަރުން
އެންމެ މަޤްބޫލު
އިއްޔެ އޮތް އިންތިޚާބުގައި ހއ. ވަށަފަރު ކައުންސިލްގެ ތިން ގޮނޑި އާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ ތިން ގޮނޑި ވެސް ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓުން ކާމިޔާބު ކޮށްފި އެވެ.
ކައުންސިލް އިންތިޚާބުގައި ވަށަފަރު ކައުންސިލްގެ ރައީސް ކަަމަށް އިންތިޚާބުވީ އަހްމަދު ޝަމްއޫން އެވެ. ކޮންގްރެސްގެ ކެންޑިޑޭޓް ޝަމްއޫން ވަނީ 399 ވޯޓް ހޯދާފަ އެވެ.
ކައުންސިލްގެ އަންހެން މެންބަރު ކަމަށް އިންތިޚާބުވީ ކޮންގްރެސްގެ ކެންޑިޑޭޓް ފާތިމަތު ފަރީޝާ އެވެ. ފަރީޝާ ވަނީ 362 ވޯޓް ހޯދާފަ އެވެ. ފަރީޝާއާ ވާދަކުރި އެމްޑީޕީގެ ކެންޑިޑޭޓް އައިމިނަތު ވަހީދާއަށް ލިބުނީ 189 ވޯޓެވެ.
ވަށަފަރު ކައުންސިލްގެ މެންބަރު ކަމަށް އިންތިޚާބުވީ ކޮންގްރެސްގެ ކެންޑިޑޭޓް މުޙައްމަދު ޒަހީން އެވެ. ޒަހީންއާ ވާދަކުރީ އެމްޑީޕީގެ ކެންޑިޑޭޓް އަޙްމަދު ޔާނިޝް އެވެ. ޒަހީނަށް ލިބުނީ 339 ވޯޓެވެ. ޔާނިޝްއަށް ލިބުނީ 221 ވޯޓެވެ.
ވަށަފަރުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރުންނަށް ވެސް ހޮވުނީ ކޮންގްރެސްގެ ތިން ކެންޑިޑޭޓުންނެވެ.