ENGLISH

05 އޭޕްރީލު 2026

Advertisement

ފައިނު ކައުންސިލާއި ޑަބްލިއުޑީސީގެ ހުރިހާ ގޮނޑިއެއް ކޮންގްރެސްއަށް

05 އޭޕްރީލު 2026

|

އަޙުމަދު ޙަމީދު

އިންތިޚާބުވި މެންބަރުން -- ފޮޓޯ: ފައިނު އޮންލައިން

އިއްޔެ އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިޚާބުގައި ރ. ފައިނުގެ ހުރިހާ ގޮނޑިތަކެއް ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓުން ކާމިޔާބު ކޮށްފި އެވެ.

އިއްޔެގެ އިންތިޚާބުގައި ފައިނު ކައުންސިލްގެ ރައީސް ކަމަށް އިންތިޚާބުވީ ކޮންގްރެސްގެ ކެންޑިޑޭޓް މުހައްމަދު ސަމީރު އެވެ. ސަމީރު ވަނީ 210 ވޯޓް ހޯދާފަ އެވެ. އަންހެނުންގެ ޚާއްސަ ގޮނޑި ކާމިޔާބުކުރީ ކޮންގްރެސްގެ ކެންޑިޑޭޓް ވަނީ ވޯޓެއް ނެތި ހޯދާފަ އެވެ.

އަދި ކައުންސިލްގައި ދެން ހިމެނޭ ގޮނޑި ކާމިޔާބު ކޮށްފައިވަނީ ކޮންގްރެސްގެ ކެންޑިޑޭޓް އަބްދުއްރައޫފް އަބްދުއްރަހްމާން އެވެ. އޭނާ ވަނީ 194 ވޯޓް ހޯދާފަ އެވެ. ރައޫފާއި ވާދަކުރި އެމްޑީޕީގެ ކެންޑިޑޭޓް ހަސަން ވަހީދަށް ލިބުނީ 131 ވޯޓެވެ.

ފައިނުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ ރައީސާ އަކަށް ހޮވުނީ ކޮންގްރެސްގެ ކެންޑިޑޭޓް އާމިނަތު ޒިދުނާ އެވެ. މެންބަރު ކަމުގެ ދެ މަޤާމަށް އިންތިޚާބުވީ ސާރާ އިބްރާހީމް އާއި ހަފީޒާ އިބްރާހީމް އެވެ.

ކިޔުންތެރިންގެ ހިޔާލު