ENGLISH
05 އޭޕްރީލު 2026
ނަރުދޫން ތާރީޚީ ނަތީޖާއެއް: ހުރިހާ ގޮނޑިއެއް ކޮންގްރެސްއަށް
05 އޭޕްރީލު 2026
|
ަނަރުދޫގެ އިންތިހާބީ މެންބަރުން --
އެންމެ މަޤްބޫލު
އިއްޔެ އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިހާބުގައި ށ. ނަރުދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ހުރިހާ ގޮނޑިއެއް ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓުންނަށް ދީފި އެވެ.
މިހާތަނަށް ބޭއްވި އެއްވެސް އިންތިޚާބެއްގައި ނަރުދޫން ހުރިހާ ގޮނޑިއެއް އެއް ޕާޓީއަކަށް ދީފައެއް ނުވެ އެވެ.
އިއްޔެގެ އިންތިޚާބުގައި ނަރުދޫ ކައުންސިލްގެ ރައީސް ކަމަށް އިންތިޚާބުވީ ކޮންގްރެސް ކެންޑިޑޭޓް މުޙައްމަދު މުސްތަރުސިދެވެ. އޭނާ ވަނީ ވޯޓްގެ 66.8 އިންސައްތަ ހޯދާފަ އެވެ. އެ ރަށު ކައުންސިލުން އަންހެނުންނަށް ޚާއްސަ ގޮނޑި ލިބުނީ ކޮންގްރެސްގެ އާމިނަތު ޒިރާނާ އެވެ.
ކައުންސިލްގެ އަނެއް ގޮނޑިއަށް އިންތިޚާބުވީ ކޮންގްރެސްގެ އަހްމަދު މާހިރެވެ. މި ތިން މަޤާމަށްވެސް އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރި އެވެ.
ނަރުދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސާގެ މަގާމަށް ކޮންގްރެސްގެ ކެންޑިޑޭޓް ޢައިޝަތު ނަހުމާ އިންތިޚާބުވީއިރު މެންބަރު ކަމަށް އިންތިޚާބުވީ ކޮންގްރެސްގެ އައިޝަތު އިކުލީލާ އާއި ފާތިމަތި ރިޝްފާ އެވެ.