ENGLISH

05 އޭޕްރީލު 2026

Advertisement

ށ އަތޮޅުގެ ޚިދުމަތްތެރިޔާ މޫސާ ރަމީޒު އަވަހާރަވުމާއި ގުޅިގެން ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ

05 އޭޕްރީލު 2026

|

އަޙުމަދު ޙަމީދު

ށ އަތޮޅުގެ ޚިދުމަތްތެރިޔާ މޫސާ ރަމީޒު

ށ އަތޮޅުގެ ޚިދުމަތްތެރިޔާ މޫސާ ރަމީޒު (ކޮމަންޑޫ މޫސާ ރަމީޒް) އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެ އެވެ.

މޫސާ ރަމީޒަކީ ރާއްޖޭގެ އަތޮޅުތަކާއި ރަށްތައް ހިންގުމުގެ ދާއިރާގައި ވަރަށް ބޮޑު ޚިދުމަތްތެރި އެކެވެ. ވަކީން ޚާއްޞަކޮށް، ށ.އަތޮޅުގެ އެކި މަގާމުތަކުގައި މުހިންމު ޚިދުމަތްތަކެއް ކުރެއްވި އެވެ.

މީގެ އިތުރުން އޭނާ ވަނީ ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މެންބަރުކަން ވެސް ކުރައްވާފަ އެވެ. އަދި ށ.އަތޮޅާއި ފުވައްމުލަކުގެ އަތޮޅުވެރިކަން ވެސް ކުރެއްވި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ކޮމަންޑޫ މޫސާ ރަމީޒް އަވަހާރަވުމުގެ ހިތާމައިގާ އެ ޢާއިލާއަށާއި ށ.އަތޮޅުގެ ލޮބުވެތި ރައްޔިތުންނަށް ތަޢުޒިޔާ ވިދާޅުވި އެވެ.

އަދި އެމަނިކުފާނު އިޚްލާސްތެރި ދުޢާއަކީ، މާތް ﷲ ގެ ރުއްސެވުމާއި ފުއްސެވުމުގައި އަދި ސުވަރުގޭގެ ދާއިމީ ނިޢުމަތުގަައި މަރްޙޫމް މޫސާ ރަމީޒް ލެހެއްޓެވުން ކަމުގައި ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު