ENGLISH
10 އޭޕްރީލު 2025
މައިންޒް އަތުން ބަލިވެ ބަޔާންގެ ރެކޯޑް ނިމުމަކަށް
14 ޑިސެމްބަރު 2024
|
ބަޔާންއާ މައިންޒް ބައްދަލުކުރި މެޗުގެ ތެރެއިން. --ފޮޓޯ: ރޮއިޓާސް
ޖަރުމަން ލީގުގައި މިރޭ މައިންޒް އަތުން 2-1 އިން ބަލިވެ، ބަޔާން މިއުނިކު ދަމަހައްޓަމުން އައި ބަލިނުވުމުގެ ރެކޯޑް ނިމުމަކަށް އަތުވެއްޖެއެވެ.
މިއީ ލީގުގައި ކުޅުނު 14 މެޗުގެ ތެރެއިން ބަޔާން ބަލިވި ފުރަތަމަ ފަހަރެވެ. ދިހަ މެޗުން އެ ޓީމު މޮޅުވެފައިވާއިރު، އަނެއް ތިން މެޗުން ވަނީ އެއްވަރުވެފައެވެ.
މައިންޒްގެ ދަނޑުގައި ކުޅުނު މި މެޗުގައި އެ ޓީމުގެ ދެ ލަނޑު ވެސް ކާމިޔާބުކޮށްދިނީ ލީ ޖައެ-ސުން އެވެ. ބަޔާންގެ ހަމައެކަނި ލަނޑު ޖަހައިދިނީ ލެރޯއީ ސާނޭ އެވެ.
މި ނަތީޖާއާއެކު އަދިވެސް އެއްވަނައިގައި އުޅެނީ ބަޔާން އެވެ. އެ ޓީމަށް 14 މެޗުން ލިބިފައިވަނީ 33 ޕޮއިންޓެވެ. ހަތަރު ޕޮއިންޓް ފަހަތުން ދެވަނައިގައި ބަޔާ ލެވަކޫސަން އޮތްއިރު، ތިންވަނައިގައި އޮތް އެއިންޓްރަކްޓް ފްރެންކްފާޓަށް އެއްމެޗު މަދުން ކުޅެގެން، ލިބިފައިވަނީ 27 ޕޮއިންޓެވެ.
މި މެޗުން މޮޅުވި މައިންޒް އޮތީ 14 މެޗުން ލިބުނު 22 ޕޮއިންޓާއެކު ހަވަނައިގައެވެ.
މި މުބާރާތުގައި މިރޭ ކުޅުނު އަނެއް މެޗުގައި އައުސްބާގްގެ ދަނޑުގައި ލެވަކޫސަން މޮޅުވީ 2-0 އިންނެވެ. މި މެޗުގައި ލެވަކޫސަންގެ ލަނޑުތައް ޖަހައިދިނީ މާޓިން ޓެރިއާ އާއި ފްލޮރިއަން ވާޓްޒް އެވެ.