ENGLISH
05 އޭޕްރީލު 2026
ހޫނުގަދަ ދުވަސްތަކަކަށް ފަހު، އަންގާރަ ދުވަހު ރާއްޖެއަށް ވިއްސާރަކުރާނެ: މެޓް
05 އޭޕްރީލު 2026
|
އެންމެ މަޤްބޫލު
ހޫނު ގަދަ ދުވަސްތަކަކަށްފަހު އަންނަ އަންގާރަ ދުވަހުން ފެށިގެން ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެކަމަށް ލަފާކުރޭވޭކަމަށް ގައުމީ މުސުމާ ބެހޭ އިދާރާއިން ބުނެފި އެވެ.
ރާއްޖޭގެ އެކި ހިސާބުތަކަށް ބޮޑަށް ވިއްސާރަ ކުރާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފައިވަނީ އަންގާރާ ދުވަހުގެ މެންދުރު ފަހު އެވެ.
މެޓް އޮފީހުން އާއްމުކޮށްފައިވާ، ތަފާސްހިސާބުތަކަށް ބަލާއިރު ކުރިއަށް އޮތް 5 ދުވަހު ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަ ކުރާނެ އެވެ. ބޮޑަށް ވިއްސާރަ ކުރާނެ ކަމަށް ލަފާކުރެވެނީ ދެކުނާއި މެދުރާއްޖެ ތެރެއަށް ކަމަށާއި، ބުދަ ދުވަހު އުތުރުގެ ސަރަހައްދަށް ކެރީގެ އަސަރު ފޯރާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓްއިން ބުނެފައިވެ އެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނީ، އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުނޅަގުން ގަޑިއަކު 4 މޭލާއި 10 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 3 މޭލާއި 10 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށެވެ. އަދި ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް ބުނެފައިވެ އެވެ.
މި ހަފްތާގައި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވިއްސާރާކުރި ނަމަވެސް، ކުރިއަށް އަދި އޮތީ ހޫނު މޫސުމް ކަމަށް މެޓްއިން ބުނެފައިވެ އެވެ.
އޭޕްރީލް މަހަކީ ރާއްޖޭގެ އެކި ހިސާބުތަކަށް އެންމެ ހޫނު ގަދަ ދުވަސްކޮޅެވެ. މިދުވަސް ކޮޅު އިހްސާސްކުރެވޭ ހޫނުމިން އާއްމުކޮށް ރާއްޖޭގައި ހުންނަނީ 37 ޑިގްރީ ސެލްސިއަސް އަށް ވުރެ މަތީގައިކަން މެޓްގެ ތަފާތި ހިސާބުތަކުން ދައްކަ އެވެ.