ENGLISH

05 އޭޕްރީލު 2026

Advertisement

ރާއްޖެއަށް އަންނަ ޕްރައިވެޓް ޖެޓްތަކުގެ އަދަދު އިތުރުވެއްޖެ

05 އޭޕްރީލު 2026

|

އައިމިނަތު ޝަފާ

ރާއްޖެއަށް އަންނަ ޕްރައިވެޓް ޖެޓްތަކުގެ އަދަދު މިދިޔަ އަަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު ވަނީ އިތުރުވެފައި. ފޮޓޯ؛ހުރިހާ އެމްވީ

ރާއްޖެއަށް އަންނަ ޕްރައިވެޓް ޖެޓްތަކުގެ އަދަދު ވަރަށް ބޮޑަށް އިތުރުވެއްޖެ އެވެ.

މޯލްޑިވްސް އެއަރޕޯޓްސް ކޮންޕެނީ ލިމިޑެޓް (އެމްއޭސީއެލް) ގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ހުސްވި މާޗު  މަހުގެ 15 ވަނަ ދުވަހުން ފެށިގެން އެމަހުގެ ނިޔަކަށް ރާއްޖެއަށް 178 ޕްރައިވެޓް ޖެޓް އައިސްފައި ވެއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައިސްފައިވަނީ 134 ޕްރައިވެޓް ޖެޓެވެ. އެހެންކަމުން މިއީ 32.8 އިންސައްތަ އިތުރު އަދަދެކެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން މާރިޗު މަހުގެ ފަހު 15 ދުވަހު އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް ދިހަ އަކަށްވުރެ ގިނަ ޖެޓު އައިސްފައިވެ އެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު އެއް ދުވަހެއްގައި ރާއްޖެއަށް އެންމެ ގިނައިން ޖެޓު އައިސްފައި ވަނީ މާރިޗު 21 ވަނަ ދުވަހު އެވެ. އެ ދުވަހު ރާއްޖެއަށް 17 ޖެޓު ވަނީ އައިސްފަ އެވެ. 

ރާއްޖެއަށް އަންނަ ޕްރައިވެޓް ޖެޓުތަކުގެ އަދަދު ބޮޑުތަނުން އިތުރުވެފައިވަނީ މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ސަބަބުން ނެވެ. 

ކިޔުންތެރިންގެ ހިޔާލު