ENGLISH
05 އޭޕްރީލު 2026
ރައީސް ދައްކަވައި ދެއްވީ ރައްޔިތުންގެ ނިންމުމަށް ވެރިޔަކު އިހުތިރާމް ކުރައްވާ މިންވަރު: ޝުޖާއު
05 އޭޕްރީލު 2026
|
މެމްބަރު ޝުޖާއު ޕީއެންސީގެ ޕޯޑިއަމެއްގައި. ފޮޓޯ؛ޕީއެންސީ
އެންމެ މަޤްބޫލު
ނިމިގެންދިޔަ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ކޮމިޓީތައް އަދި ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ފެނޭތޯ ބަލަން ނެގި ފެންނަ/ނުފެންނަ ވޯޓުން ރައްޔިތުން ނިންމި ގޮތް ބަލައިގަނެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދައްކަވައި ދެއްވީ ރައްޔިތުންގެ ނިންމުމަށް ވެރިޔަކު އިޚްތިރާމް ކުރައްވާ މިންވަރުކަމަށް ބާރަށު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެ އެވެ.
އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި މެމްބަރު ވިދާޅުވީ ރައީސް މުއިއްޒަކީ ރައްޔިތުންގެ އަޑު ގާތުން އައްސަވާ،ރައްޔިތުންނާއި ގާތުން ޚިދުމަތްތައް ފޯރުކޮށްދެއްވުމަށް ލޯބިކުރައްވާ އަދި އެކަން އަމަލުން ދައްކަވަމުން ގެންދަވާ ވެރިއެއް ކަމަށެވެ.
ރައީސް މުއިއްޒަކީ ގިނަ ސިޔާސީ ޕާޓީތައް އެކުލެވޭ ސިޔާސީ ނިޒާމަށް ފަރިތަ ޑިމޮކްރަސީއަށް ލޯބިކުރައްވާ ވެރިއެއްކަމަށް ޝުޖާއު ވިދާޅުވި އެވެ.
"މިނިޒާމުގައި ރައީސް ތިޔަ ދައްކުވައި ދެއްވީ ރައްޔިތުންގެ ނިންމުމަށް ވެރިޔަކު އިޚްތިރާމް ކުރައްވާ މިންވަރު. އެއީ މާތް ސިފައެއް. އަޅުގަނޑުގެ ސިޔާސީ ހަޔާތުގައި ކުރިން މަސައްކަތް ކުރި ވެރިމީހާއަށް އެންމެ އުނދަގޫވެފައި އޮންނަނީ ރައްޔިތުންގެ ނިންމުމަށް އިޚްތިރާމް ކުރުމަށް. އޭގެ ބަދަލުގައި އެބޭފުޅާ އަންނަނީ ރައްޔިތުންދެކެ ރުޅި. ދައްކަވަނީ ފުސް މޫނު،". މެމްބަރު ވިދާޅުވި އެވެ.
ނަމަވެސް އަދުގެ ރައީސް ދައްކަވާދެއްވި ރިވެތި ނަމޫނާއިން ރައީސް ރައްޔިތުންނަށް ކުރާ އިޚްތިރާމާއި ލޯބި ދައްކުވައި ދީފައިވާކަމަށް މެމްބަރު ޝުޖާއު ވިދާޅުވި އެވެ.
ރައީސްގެ ސިޔާސަތައް ފުރިހަމައަށް ތާޢިދުކުރައްވާކަން ހާމަކުރައްވައި މެމްބަރު ވަނީ ރައްޔިތުންގެ ފަޅީގައި ރައީސް ކުރައްވާ އިޚްލާސްތެރި މަސައްކަތްޕުޅަށް ކާމިޔާބަށް އެދިވަޑައިގެންފަ އެވެ.
އިއްޔެ ކުރިއަށްދިޔަ އިންތިހަބުތަކާ ގުޅިގެން ރައީސް މުއިއްޒު ރޭ ކުރެއްވި ޕޯސްޓެއްގައި ވަނީ ސަރުކާރުން ރަނގަޅުކުރަންޖެހޭ ކަންކަން، ރައްޔިތުންގެ ވިންދާ އެއްގޮތަށް ރަނގަޅުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް މާތްالله ގެ ވާގިފުޅާއެކު ކުރިއަށްގެންދާނެ ކަމުގެ ޔަޤީންކަން ދެއްވާފަ އެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އިއްޔެ ބޭއްވުނު ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުގެ ނަތީޖާ އިޙްތިރާމާއެކު ބަލައިގަންނަ ކަމަށެވެ.