ENGLISH

05 އޭޕްރީލު 2026

Advertisement

އާރްޓީއެލް ފެރީގެ ޚިދުމަތުން މުޅި ރާއްޖެ ގުޅާލުމުގެ މަސައްކަތް ޖޫންމަހަށް ނިންމަނީ

05 އޭޕްރީލު 2026

|

އައިމިނަތު ޝަފާ

އާރްޓީއެލް ފެރީގެ ޚިދުމަތުން މުޅި ރާއްޖެ ގުޅާލުމުގެ މަސައްކަތް ޖޫންމަހަށް ނިންމުމުގެ މަސައްކަތް ވުޒާރާއިން އަންނަނީ ކުރަމުން.

އާރްޓީއެލް ފެރީގެ ހިދުމަތުން މުޅި ރާއްޖެ ގުޅާލުމުގެ މަސައްކަތް އަންނަ ޖޫންމަހަށް ނިންމުމަށް މަސައްކަތް ކުރަމުން ދާކަމަށް ދަތުރުފަތުރާއި މަދަނީ ހިދުމަތްތަކާ ބެހޭ ވުޒާރާގެ ޑެޕިއުޓީ މިިނިސްޓަރު އިބްރާހީމް ޔާސިރު ވިދާޅުވެއްޖެ އެވެ. 

ޑެޕިއުޓީ މިނިސްޓަރު އިބްރާހީމް ޔާސިރު "އެމްއެމްޓީވީ"އަށް ވިދާޅުވީ އާރްޓީއެލް ޚިދުމަތް މިހާރު ނުފެށި ހުރި އަތޮޅުތަކުގައި އެ ހިދުމަތް ފެށުމަށްޓަކައި މަސައްކަތްތައް ކުރަމުންދާކަމަށެވެ.

އެގޮތުން ޒޯން 3ގައި ހިމެނޭ 4 އަތޮޅުގައި މި ހިދުމަތް މި މަހުގެ ތެރޭގައި ފެށުމަށް ތައްޔާރުވަމުންދާކަމަށް ޔާސިރު ވިދާޅުވި އެވެ. މިހާރު މި ހިދުމަތް ނުފެށި އޮތީ މާލެ އަތޮޅާއި، އދ، އއ އަދި ވ އަތޮޅުގަ އެވެ.

ޔާސިރު ވިދާޅުވީ މި ހަތަރު އަތޮޅުގައި އާރްޓީއެލް ހިދުމަތް ފެށުމުން މުޅި ރާއްޖެ ގުޅާލެވޭނެކަމަށާއި އެކަމަށް ބޭނުންވާ ފެރީތައް ބަނުމުގެ މަސައްކަތާއި ރޫޓް މެޕްތަކާއި ޝެޑިއުލްތައް ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ޔާސިރު ވިދާޅުވީ ޖޫން މަހުގެ ތެރޭގައި މުޅި ރާއްޖޭގައި އާރްޓީއެލް ފެރީގެ ޚިދުމަތް ދޭން ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.  

ރާއްޖޭގެ ހުރިހާ އަތޮޅަކަށް އާރްޓީއެލް ޚިދުމަތް ފުޅާކުރުމަކީ ސަރުކާރުގެ އަމާޒެކެވެ. އެ އަމާޒަށް ވާސިލުވުމަށް ބޭނުންވާ ފެރީތައް ބަނދެ އަތޮޅުތަކުގައި ފެރީ ވިއުގަ ގާއިމުކުރުމުގެ މަސައްކަތް އެމްޓީސީސީއާއި ދަތުރުފަތުރާ ބެހޭ ވުޒާރާއިން އަންނަނީ ކުރަމުން ނެވެ. 

ކިޔުންތެރިންގެ ހިޔާލު