ENGLISH

05 އޭޕްރީލު 2026

Advertisement

ފޮނަދޫގެ 10 ގޮނޑި ޕީއެންސީއަށް!

05 އޭޕްރީލު 2026

|

އައިމިނަތު ޝަފާ

ފޮނަދޫ ކައުންސިލަށް އިންތިހާބުވީ މެމްބަރުން.

އިއްޔެ ބޭއްވި ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ލ. ފޮނަދޫ ކައުންސިލްގެ ހުރިހާ ގޮނޑިތަކެއް ވެރިކަން ކުރާ ޕީއެންސީން ކާމިޔާބުކޮށްފި އެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން އާންމުކޮށްފައިވާ ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި، ފޮނަދޫ ކައުންސިލްގެ ފަސް ގޮނޑި އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ފަސް ގޮނޑިއާއެކު، ޖުމްލަ 10 ގޮނޑި ވެސް ކާމިޔާބުކުރީ ޕީއެންސީގެ ކެންޑިޑޭޓުން ނެވެ.

އެގޮތުން ފޮނަދޫ ކައުންސިލްގެ ރައީސް ކަމަށް އިންތިހާބުވެވަޑައިގަތީ ޕީއެންސީގެ ފަރާތުން ކުރިމަތިލެއްވި އަހުމަދު ރިޔާޞް އެވެ. ކައުންސިލް މެމްބަރުންގެ ގޮތުގައި އިންތިހާބުވީ ޕީއެންސީގެ ފަރާތުން ކުރިމަތިލެއްވި އަހްމަދު މަމްދޫހު، އަބްދުއް ރަޢޫފް ޔޫސުފް، ވަރުދާ ހުސައިން އަދި އައިޝަތު އަޒީމާ އެވެ.

އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސް ކަމަށް އިންތިހާބުވީ ޕީއެންސީގެ ކެންޑިޑޭޓް އައިޝަތު ރިޝްމާ އެވެ. އަދި އެ ކޮމިޓީގެ މެމްބަރުންގެ ގޮތުގައި އިންތިހާބުވީ އައިމިނަތު ރާފިއާ، ޝަކީލާ އަލީ، އައިޝަތު ޒޫނާ އަދި މަލަކާ މޫސާ އެވެ.

އިންތިހާބުތަކުގެ ވަގުތީ ނަތީޖާ ދައްކާގޮތުން، ލޯކަލް ކައުންސިލުތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ގިނަ ގޮނޑިތަކެއް ވެރިކަންކުރާ ޕީއެންސީން ވަނީ ކާމިޔާބުކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު