ENGLISH
20 އޭޕްރީލު 2025
ދަނގެތީގެ ބަނދަރު އަންނަ އަހަރު ހައްދަވައި ދެއްވާނެކަމުގެ ޔަޤީންކަން ރައީސް ދެއްވައިފި
14 ޑިސެމްބަރު 2024
|
އދ. ދަނގެތީގައި މިރޭ ބޭއްވި ޖަލްސާ ރައީސް ޝަރަފުވެރިކޮށްދެއްވަނީ. --ފޮޓޯ: ރައީސް އޮފީސް
ރައްޔިތުން ބޭނުންވާ ގޮތަށް، އދ. ދަނގެތީގެ ބަނދަރު އަންނަ އަހަރުގެ ހައްދަވައި ދެއްވާނެކަމުގެ ކަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދެއްވައިފިއެވެ.
ދަނގެތީގެ ނަރުދަމާގެ ޚިދުމަތް ފައްޓަވާދެއްވުމަށްފަހު އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، އެ ރަށުގެ ރައްޔިތުން ބޭނުންވާ ގޮތަށް ރަށްޤިރުމުގެ މައްސަލައަށް ޚައްލު ލިބިގެން ދާނެގޮތަށް އަދި ގިނަ އަހަރުތަކަށް ފުދޭ ބަނދަރެއް ތަރައްގީކޮށްދެއްވާނެ ކަމަށެވެ.
"އަޅުގަނޑު ދޭ ޔަޤީންކަމަކީ އިރާދަކުރެއްވިއްޔާ މިފެށޭޗއަހަރު، ތިޔަ ލޮބުވެތި ރައްޔިތުން ބޭނުންވާ ގޮތަށް، ހުރިހާ ކަމެއް ޚައްލުވާގޮތަށް މިއަންނަ އަހަރު އެ ބަނދަރު ހަދައިދޭނަން،" ދަނގެތީ އަތިރިމަތީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، ދެހާހެއްހާ މީހުން ދިރިއުޅެމުންދެންދާ ދަނގެތީގެ ބިން، އަންނަ އަހަރު ތެރޭގައި ބޮޑުކޮށް ނުދެއްވުނަސް، 2026 ވަނަ އަހަރު ދަނގެތީގެ ފަޅު ހިއްކައިގެން 27 ހެކްޓަަރުގެ ބިންހިއްކާ ދެއްވައި، ހައުސިން މަޝްރޫއެއްވެސް އެރަށުގައި ހިންގަދެއްވާނެ ކަމަށެވެ.
ތަޢުލީމާއި ސިއްޙީ ޚިދުމަތްތަކާއި ކުޅިވަރު ކުޅޭނެ ތަންތަންވެސް، ވަކި ތަރުތީބެއްގެ މަތިން އެއްވެސް ރަށެއް އިސްތިސްނާ ނުކޮށް ކުރިއަށް ގެންގޮސްދެއްވާނެ ކަމަށް ރައީސް ޑރ، މުޢިއްޒު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ރާއްޖެއަށް އެންމެ ބޮޑަށް ބޭނުންވެފައިވަނީ ބޯހިޔާވަހިކަމުގެ ހައްލެވެ. އަންނަ އަހަރުގެ ބަޖެޓުގައި ގެދޮރުވެރިކަމަށް 1.5 ބިލިއަން ރުފިޔާ ކަނޑައަޅުއްވާފައިވާނެކަމަށް އެމަނިފާނު ވިދާޅުވިއެވެ.