ENGLISH

05 އޭޕްރީލު 2026

Advertisement

މިއީ ކައުންސިލް އިންތިހާބެއްގައި އެންމެ ގިނައިން ވޯޓުލީ ފަހަރު

05 އޭޕްރީލު 2026

|

އައިމިނަތު ޝަފާ

އިއްޔެ ކުރިއަށްދިޔަ އިންތިހާބުގެ ތެރެއިން

އިއްޔެެ ނިމިގެންދިޔަ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ކޮމިޓީތައް އަދި ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ފެނޭތޯ ބަލަން ނެގި ފެންނަ/ނުފެންނަ ވޯޓުގައި، ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ 73 އިންސައްތަ ވޯޓުލާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

މި ތިން އިންތިހާބުގައި ޖުމްލަ 214،898 މީހަކު ވޯޓުލާފައިވާކަމަށް އެންމެ ފަހުގެ ހިސާބުތަކުން ދައްކަ އެވެ. މި އިންތިހާބުތަކުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ޖުމްލަ އަދަދަކީ 253،714 އެވެ. އެހެންކަމުން އިއްޔެގެ އިންތިހާބުގައި ވޯޓުލެވޭ އާބާދީގެ ޖުމްލަ 73 އިންސައްތަ މީހުން ވޯޓުލާފައި ވެއެވެ. 

މިއީ އެންމެ ފަހުން 2021 ވަނަ އަހަރު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓުލީ މީހުންނާ އަޅާބަލާއިރު ހަ އިންސައްތަ އިތުރު އަދަދެކެވެ. ދެހާސް އެކާވީސް ވަނަ އަހަރު ވޯޓުލީ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން 183,000 އެއްހާ މީހުންނެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ 67 އިންސައްތަ މީހުން ނެވެ.

ކުރީގެ ކައުންސިލް އިންތިހާބުތަކުގައި ވޯޓުލީ މީހުންގެ އަދަދުތައް

  • 2011: 70 އިންސައްތަ
  • 2014: 65 އިންސައްތަ
  • 2017: 66 އިންސައްތަ
  • 2021: 68 އިންސައްތަ

އިންތިހާބުތަކުގެ ވަގުތީ ނަތީޖާ ދައްކާގޮތުން، ލޯކަލް ކައުންސިލުތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ގިނަ ގޮނޑިތަކެއް ވެރިކަންކުރާ ޕީއެންސީން ވަނީ ކާމިޔާބުކޮށްފަ އެވެ. ނަމަވެސް ރާއްޖޭގެ ފަސް ސިޓީގެ މޭޔަރުކަން އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓުން ވަނީ ދިފާއުކޮށްފަ އެވެ.

އިއްޔެ ނެގި ހިޔާލު ހޯދުމުގެ އާންމު ވޯޓުގެ ނަތީޖާއަށް ބަލާއިރު މަޖިލިސް އިންތިހާބާއި ރިޔާސީ އިންތިހާބު އެއް ތާރީހެއްގައި ބޭއްވުމަށް ގިނަ ބަޔަކު ދެކޮޅެވެ.

ކިޔުންތެރިންގެ ހިޔާލު