ENGLISH
05 އޭޕްރީލު 2026
އުކުޅަހުން އެމްޑީޕީ ފުހެލައި ފަސް ގޮނޑި ކޮންގްރެސްއަށް، ތާރީޚީ ކާމިޔާބެއް
05 އޭޕްރީލު 2026
|
އިންތިހާބީ މެންބަރުން
އެންމެ މަޤްބޫލު
އެމްޑީޕީން ރަސްކަން ކުރަމުން އައި އއ. އުކުޅަހުން ފުރަތަމަ ފަހަރަށް އެ ޕާޓީއަށް ބޮޑުތަނުން ނޫނެކޭ ބުނެފި އެވެ.
އިއްޔެ އޮތް ލޯކަލް ކައުންސިލުތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި އުކުޅަހު ކައުންސިލްގެ ތިން ގޮނޑި ވެސް ދިނީ ކޮންގްރެސްގެ ކެންޑިޑޭޓުންނަށެވެ.
އެ ޕާޓީގެ ޓިކެޓްގައި ވާދަކުރި އަލީ ވަހީދު ވަނީ ކައުންސިލްގެ ރައީސް ކަމަށް އިންތިހާބުވެފަ އެވެ. އަންހެނުންނަށް ޚާއްސަ ގޮނޑި ކަށަވަރު ކުރީ ކޮންގްރެސްގެ ކެންޑިޑޭޓް އައިމިނަތު ޒޫނާ އެވެ. އަނެއް ގޮނޑި ކާމިޔާބު ކުރީ ކޮންގްރެސްގެ ކެންޑިޑޭޓް މުޙައްމަދު ޝަފްރާޒް އެވެ.
އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރު ކަމުގެ ދެ މަގާމު ވެސް ލިބުނީ ކޮންގްރެސް އަށެވެ.
މިއީ އުކުޅަހުން ނިންމި ތާރީހީ ނިންމުމެކެވެ. މިއީ އުކުޅަހު ކައުންސިލްގައި އެމްޑީޕީ މެންބަރަކު ނުހިމެނޭ ފުރަތަމަ ފަހަރެވެ.