ENGLISH
05 އޭޕްރީލު 2026
މަތިވެރީ ކައުންސިލްގެ ރައީސަކަށް ކޮންގްރެސްގެ އިސްމާއީލް އާތިފް، އަނެއް ދެ ގޮނޑިވެސް ކޮންގްރެސްއަށް
05 އޭޕްރީލު 2026
|
މަތިވެރީ ކައުންސިލްގެ އިންތިހާބީ ރައީސް
އެންމެ މަޤްބޫލު
އއ. މަތިވެރީ ކައުންސިލްގެ ރައީސަކަށް ކޮންގްރެސްގެ ކެންޑިޑޭޓް އިސްމާއީލް އާތިފް އިންތިހާބު ކޮށްފި އެވެ.
އެމްޑީޕީގެ ބޮޑު ތާއީދެއް އޮންނަ މަތިވެރީ ކައުންސިލްގެ ރައީސަކަށް ކޮންގްރެސްގެ ކެންޑިޑޭޓް އިސްމާއީލް އާތިފް އިންތިހާބުވީ އެމްޑީޕީގެ ކެންޑިޑޭޓާއި ވާދަކޮށްގެންނެވެ. އާތިފްއާ ވާދަކުރީ މިހާރުވެސް ކައުންސިލްގެ ރައީސްގެ މަގާމުގައި ހުރި އަހްމަދު އަސްލަމް އެވެ.
މި އިންތިހާބުގައު އިސްމާއީލް ވަނީ 341 ވޯޓް ހޯދާފަ އެވެ. އަސްލަމަށް ލިބުނީ 208 ވޯޓެވެ.
އަމިއްލަ ގޮތުން ވާދަކުރި އަލީ ރިޒާއަށް ލިބުނީ 45 ވޯޓެވެ. މީގެ އިތުރުން ކޮންްގްރެސްގެ ހުސައިން ނިހާން ވެސް ވަނީ އިންތިހާބު ކާމިޔާބުކޮށްފަ އެވެ. ނިހާން ވަނީ 301 ވޯޓް ހޯދާފަ އެވެ.
އެ ކައުންސިލްގައި އަންހެނުންނަށް ޚާއްސަ ގޮނޑި ލިބުނީ ވެސް ކޮންގްރެސް އަަށެވެ. ކޮންގްރެސްގެ ކެންޑިޑޭޓް ފާތިމަތު ޝައިހާ ވަނީ 273 ވޯޓް ހޯދާފަ އެވެ.