ENGLISH

05 އޭޕްރީލު 2026

Advertisement

ވިލިމާލެ ދެ ގޮނޑި ކޮންގްރެސްއަށް، ދައްކައިދިނީ ސަރުކާރާއެކު އޮތްކަން

05 އޭޕްރީލު 2026

|

އަޙުމަދު ޙަމީދު

އިންތިޚާބު ކާމިޔާބުކުރި ދެ ކެންޑިޑޭޓުން

އިއްޔެ ކުރިއަށްގެންދިޔަ ލޯކަލް ކައުންސިލުތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ވިލިމާލެ ދާއިރާގެ ދެ ގޮނޑި ކޮންގްރެސްގެ ޕާޓީގެ ކެންޑިޑޭޓުން ކާމިޔާބު ކޮށްފި އެވެ.

އިއްޔެ އޮތް އިންތިހާބުގައި ވިލިމާލެ ދާއިރާގެ ކައުންސިލަށް ކޮންގްރެސްގެ ޓިިކެޓްގައި ވާދަކުރީ އިބްރާހިމް ސަމާހް އެވެ. އެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ކަމަށް ވާދަކުރީ ހިޝްމާ އަހްމަދެވެ.

މި ދެ ކެންޑިޑޭޓުން ވެސް ވަނީ އިންތިޚާބު ކާމިޔާބު ކޮށްފަ އެވެ. އަދި އިންތިހާބުގެ ނަތީޖާއިން ވިލިމާލެ ބަދަލުނުވާ ކަމާއި ސަރުކާރާއެކު އޮތްކަން ވަނީ ހާމަކޮށްދީފަ އެވެ.

އިއްޔެގެ އިންތިހާބުގައި ސިޓީތަކުގެ މޭޔަރުކަން ޕީއެންސީއަށް ގެއްލުނު ނަމަވެސް ގިނަ ރަށްރަށުން ޕީއެންސީންވަނީ ކައުންސިލުތަކުގެ އަޣުލަބިއްޔަތު ކާމިޔާބުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު