ENGLISH
04 އޭޕްރީލު 2026
ވޯޓުލުމަށް އިތުރުކުރި ވަގުތު ހަމަވުމާއެކު ކިއުތައް ބަންދުކޮށްފި
04 އޭޕްރީލު 2026
|
ފަހެއް ޖެހުމާއެކު ކިއު ބަންދުކޮށްފި
އެންމެ މަޤްބޫލު
މިއަދު ކުރިއަށްގެންދާ ތިން އިންތިހާބުގެ ވޯޓުލުމަށް އިތުރުކުރި އެއް ގަޑިއިރު ހަމަވުމާއެކު އިލެކްޝަންސް ކޮމިޝަނުން ވޯޓު ކިއުތައް ބަންދުކޮށްފިއެވެ.
ލޯކަލް ކައުންސިލުތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބާއި، ރިޔާސީ އަދި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާމެދު ރައްޔިތުންގެ ހިޔާލު ހޯދުމަށް ނަގާ ހިޔާލު ހޯދުމުގެ އާއްމު ވޯޓުގެ އިންތިހާބުގެ ވޯޓުލުން ފެށީ ހެނދުނު 8:00 ގައެވެ. ކުރިން އޮތީ ހަވީރު 4:00 ގައި ކިއު ބަންދުކުރާ ގޮތަށެވެ.
ނަމަވެސް ހޫނު ގަދަވުމުގެ ސަބަބުން ގިނަ ބަޔަކަށް ވޯޓުލާން ނުނިކުމެވޭކަން ފާހަގަކުރެވި، ހަވީރު ފިނިވާން ފެށުމުން ގިނަ އަދަދެއްގެ މީހުން ވޯޓުލާން ނިކުމެ ކިއުގައި ޖެހެމުންދާތީ ވޯޓުލުމުގެ ވަގުތު ހަވީރު 5:00 އާ ހަމައަށް ދަންމައިލުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމިއެވެ.
އިތުރު ކުރި ވަގުތުވެސް މިހާރު ހަމަވެފައިވާތީއާއެކު އެ ކޮމިޝަނުންވަނީ ކިއު ބަންދުކޮށްފަައެވެ. 5:00 ގައި ކިއު ބަންދުކުރުމުން ދެ ވޯޓު ދިނުމަށް ކިއުއަށް ނޭރޭނެއެވެ. އަދި ކިއު ބަންދުކުރުމަށްފަހު ވޯޓު ފޮށިތައް ބަންދުކުރަން ފަށާނީ ވޯޓުލުމަށް ކިއުގައި ޖެހިގެން ތިބި އެންމެން ވޯޓުލައި ނިމުމުންނެވެ.
ކިއު ބަންދުކުރާ ގަޑި ޖެހުނުއިރު ކިއުގައި މީހަކު ނެތްނަމަ އެ ހިސާބުން ފެށިގެން ވޯޓު ފޮށި ބަންދުކުރާނެއެވެ. ވޯޓު ގުނަން ފަށާނީ ހުރިހާ ވޯޓު ފޮށްޓެއް ބަންދުކޮށް ނިމުމުންނެވެ.
ވޯޓު ފޮށިތައް ގުނާނީ ފުރަތަމަ ލޯކަލް ކައުންސިލުތަކުގެ އިންތިހާބުގެ ވޯޓު ގުނުމަށްފަހު، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ ވޯޓު ގުނައި ނިންމުމަށްފަހު، އެންމެ ފަހުން އާއްމު ހިޔާލު ހޯދުމުގެ ވޯޓު ގުނާ ގޮތަށެވެ.
ކޮންމެ ވޯޓު ފޮށްްޓެއްގައި ހުރި ހުރިހާ ވޯޓު ކަރުދާހެއް ގުނައި ނިމުމާއެކު، އެ ފޮއްޓެއްގެ ވަގުތީ ނަތީޖާ ވޯޓުލާ މަރުކަޒުގައި އިއުލާނުކުރަމުންދާނެއެވެ.