ENGLISH

04 އޭޕްރީލު 2026

Advertisement

ވަގުތު އިތުރުކުރުމުގެ ވިސްނުމެއް އަދި ނެތް: އީސީ

04 އޭޕްރީލު 2026

|

އައިމިނަތު ޝަފާ

އިލެކްޝަން ކޮމިޝަނުގެ އިސްވެރިން. ވަގުތު އިތުރުކުރުމުގެ ވިސްނުމެއް އީސީގެ ނެތް. މިހާރު އޮތް ގޮތުން ހަވީރު 4:00 ގައި ކިޔޫތައް ބަންދުކުރާނެ.

މިއަދު ހެނދުނުން ފެށިގެން މުޅި ރާއްޖޭގައި ކުރިއަށްގެންދާ ތިން އިންތިހާބުގައި ވޯޓުލުމުގެ ވަގުތު އިތުރުކުރުމުގެ ވިސްނުމެއް އަދި ނެތްކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފި އެވެ. 

ލޯކަލް ކައުންސިލުތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބާއި، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާމެދު ރައްޔިތުން ދެކޭ ގޮތް ބެލުމަށް ނަގާ އާއްމު ހިޔާލު ހޯދުމުގެ ވޯޓު ކުރިއަށްދާއިރު މި އިންތިހާބުގެ ވޯޓުލުން ގިނަ ވޯޓުފޮށިތަކެއްގެ ކައިރީ ހެނދުނު 8:00 ގައި ވަނީ ފެށިފަ އެވެ. 

ނަމަވެސް ވޯޓުލުމަށް ބޭނުންވާ މިންވަރަށް މީހުން ހަމަނުވުމުގެ ސަބަބުން 28 ވޯޓު ފޮއްޓެއްގެ ކައިރީ ވޯޓުލުމުގެ ކަންކަން 8:00 ގައި ފެށިފައެއް ނުވެއެވެ. ނަމަވެސް މައްސަލަތައް ހައްލުކޮށް ހުރިހާ ފޮއްޓެއްގެ ވޯޓުލުން ހެނދުނު 9:30 ގައި ވަނީ ފަށާފަ އެވެ. 

ވޯޓުލާ ގަޑި އިތުރުކުރަން އުޅޭކަމަށް ބުނެ ސޯޝަލް މީޑިއާގައި ފެތުރެމުން އަންނަ ވާހަކަތަކާ ގުޅިގެން އިލެކްޝަން ކޮމިޝަނުން ބުނީ ވަގުތު އިތުރުކުރުމުގެ ވިސްނުމެއް އަދި ނެތްކަމަށާއި މިހާރު އޮތް ގޮތުން ހަވީރު 4:00 ގައި ކިއޫޔޫތައް ބަންދުކުރާނެ ކަމަށެވެ. 

ކޮމިޝަނުން ބުނީ ގުދުރަތީ ކަމެއް ދިމާވެގެން މެނުވީ އެއްވެސް އިންތިހާބެއްގައި ވޯޓުލާ ވަގުތު އިތުރު ނުކުރާނެ ކަމަށެވެ. މިފަހުން ބާއްވާ ކޮންމެ އިންތިހާބެއްގައި ވެސް އެ ކޮމިޝަނުން އަމަލުކުރަމުން އަންނަނީ މިގޮތަށެވެ.

ވުމާއެކު އެންމެ ފަހު ވަގުތާ ހަމައަށް މަޑުނުކޮށް ވީހާވެސް އަވަހަށް ވޯޓުލުމުގެ ހައްގު އަދާކުރުމަށް އިލެކްޝަން ކޮމިޝަނުން ވަނީ ރައްޔިތުންނަށް އިލްތިމާސްކޮށްފަ އެވެ. 

މި އިންތިހާބުގައި 294،876 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބޭއިރު މެންދުރު ބާރަ ޖެހުމާ ހަމައަށް 62,083 މީހުން ވަނީ ވޯޓު ދިނުމުގެ ހައްގު އަދާކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު