ENGLISH

20 އޭޕްރީލު 2025

Advertisement

އިދިކޮޅު އެމްޑީޕީ ބަލިކޮށް ކުރިނބީ ޑަބްލިއުޑީސީގެ ތިން ގޮނޑި ވެސް ޕީއެންސީ އަށް

14 ޑިސެމްބަރު 2024

|

އެމް އެމް

މިއަދު ބޭއްވި ހދ. ކުރިނބީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީ (ޑަބްލިއުޑީސީ) ގެ ބައި-އިލެކްޝަންގެ ތިން ގޮނޑި ވެސް، އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓުން ބަލިކޮށް ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ކާމިޔާބުކޮށްފިއެވެ.

ކުރިނބީ އަންހެނުންގެ ތަރައްޤީ އަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުކަން ކާމިޔާބު ކުރެއްވި ތިން ބޭފުޅުންނަށް މަރުހަބާ ދަންނަވައި, އިންތިޚާބު ކާމިޔާބު ކުރުމަށް މަސައްކަތް ކޮށްދެއްވި ފަރާތްތަކަށާއި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ ރައްޔިތުންނަށް ރައީސް ޑޮކްޓަރ މުޙައްމަަދު މުޢިއްޒު ވަނީ ޝުކުރު އަދާކުރައްވައިފައެވެ.

މި ބައި-އިލެކްޝަންގައި އެމްޑީޕީ އާއި ޕީއެންސީގެ ތެރޭން ކޮންމެ ޕާޓީއަކުން ތިން ކެންޑިޑޭޓުން ވާދަކުރިއެވެ. ކުރިނބީ ބައި-އިލެކްޝަން ކާމިޔާބު ކޮށްފައިވަނީ:

  • ފާޠިމަތު ނާފިޒާ އިސްމާޢީލް / ވީނަސް، ހދ. ކުރިނބީ
  • އިނާސާ އާދަމް / ދޫގަސް، ހދ. ކުރިނބީ•
  • ރާނިޔާ މުޙައްމަދު / ފަލަކް، ހދ. ކުރިނބީ

ކުރިނބި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންގެ ބައި-އިލެކްޝަން ކާމިޔާބު ކުރެއްވި ކޮންގްރެސް ޕާޓީގެ ތިން ކެންޑިޑޭޓުނަށް ޕީއެންސީގެ ރައީސް އަދި ޕާޓީގެ އާންމު މެންބަރުންގެ ނަމުގައި ޕީއެންސީން ވަނީ މަރުޙަބާ ދަންނަވާފައެވެ.  

ކިޔުންތެރިންގެ ހިޔާލު