ENGLISH

04 އޭޕްރީލު 2026

Advertisement

އިންތިހާބީ މައްސަލަތަކުގެ ގޮތުގައި 36 މައްސަލައެއް ހުށަހަޅައިފި

04 އޭޕްރީލު 2026

|

އައިމިނަތު ޝަފާ

މިއަދު ކުރިއަށްދާ ތިން އިންތިހާބުގެ ތެރެއިން. ފޮޓޯ؛މިހާރު

އިންތިޚާބާ ގުޅިގެން މިހާތަނަށް 36 މައްސަލައެއް ހުށަހަޅާފައިވާކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފި އެވެ. 

މިއަދު ކުރިއަށްދާ ލޯކަލް ކައުންސިލުތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުތަކާއި ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާމެދު ނަގާ އާއްމު ހިޔާލު ހޯދުމުގެ އިންތިހާބުގެ ވޯޓުލުން ފަށާފައިވަނީ ހެނދުނު 8:00 ގައެވެ. 

އިލެކްޝަން ކޮމިޝަނުން "އެމްއެމްޓީވީ"އާ ހިއްސާކުރި މައުލޫމާތުތަކަށް ބަލާއިރު މިއަދު ހެނދުނު 7:00 އިން 9:00 އާ ހަމައަށް އިލެކްޝަން ކޮމިޝަނުގައި ގާއިމުކޮށްފައިވާ ކޮމްޕްލެއިންސް ބިއުރޯއަށް ފޯނުންވަނީ 28 ޝަކުވާއެއް ހުށަހަޅާފަ އެވެ. އަދި އީމެއިލް މެދުވެރިކޮށް ހަތް ޝަކުވާއެއް ހުށަހަޅާފައިވެއެވެ. 

މީގެ ތެރޭގައި ހިމެނެނީ މަނާ ގަޑިތަކުގައި ކެމްޕެއިން ކުރުމާ ގުޅޭ ހަތް ޝަކުވާއަކާއި، އިންތިހާބީ މައުލޫމާތުތަކާ ގުޅޭ ހަތަރު ޝަކުވާއަކާއި، ވޯޓުލާ ސަރަހައްދާ ގުޅޭ އަށް ޝަކުވާއެކެވެ. މީގެ އިތުރުން ވޯޓު ކަރުދާހާ ގުޅޭ ތިން ޝަކުވާއަކާއި، ވޯޓުލުމުގެ މަރުހަލާގައި ދިމާވާ މައްސަލަތަކުގެ ދެ ޝަކުވާއެއްގެ އިތުރުން އެހެނިހެން ފަސް ޝަކުވާއެކެވެ. 

އިންތިހާބީ ޝަކުވާތައް ހުށަހެޅުމުގެ ފުރުސަތު ކޮމިޝަނުން ފަހިކޮށްދީފައިވާއިރު ޝަކުވާ ފޯމު މެދުވެރިކޮށް އަދި އޮންލައިން ކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ކޮންމެ ރައްޔިތަކަށް ވެސް ލިބިދެއެވެ. 

ވާދަވެރި މި ތިން އިންތިހާބުގެ ވޯޓުލުން ފެށީ މިއަދު ހެނދުނު 8:00 ގައެވެ. ވޯޓްލުން މިއަދު ހަވީރު 16:00 ޖެހުމާ ހަމައަށް ކުރިއަށްދާނެ އެވެ.

ވޯޓުލަށް އިލެކްޝަންސް ކޮމިޝަނުން 588 ވޯޓުލާ މަރުކަޒު މުޅި ރާއްޖޭގައި ވަނީ ގާއިމްކޮށްފަ އެވެ. މި އިންތިހާބުގައި 294،876 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެން ވެއެވެ.

ކިޔުންތެރިންގެ ހިޔާލު