ENGLISH

04 އޭޕްރީލު 2026

Advertisement

މާލޭ ޓެކްސީ ލައިންގެ ދެ ކާރު ވިލިމާލެއަށް ގެންގޮސްފި

04 އޭޕްރީލު 2026

|

އާމިނަތު ނުޒްލާ

މާލޭ ޓެކްސީ ލައިންގެ ދެ ކާރު ވިލިގިއްޔަށް ފޮނުވާލުން-- ފޮޓޯ: އެމްޓީސީސީ

މާލޭ ޓެކްސީ ލައިންގެ ހިދުމަތަށް ސަރުކާރުން ގެނައި ކާރުތަކުގެ ތެރެއިން، ދެ ކާރު ވިލިމާލޭގައި ހިދުމަތް ދިނުމަށް އެރަށަށް ގެންދެވިފައިވާކަމަށް އެމްޓީސީސީ އިން ބުނެފި އެވެ.

ވިލިމާލެއަށް ފޮނުވާފައި ވަނީ ލޫމިން މޮޑެލްގެ ދެ ކާރު ކަމަށް އެމްޓީސީސީން ބުނެފައިވެ އެވެ. މާލޭ ޓެކްސީ ލައިނަކީ، މާލޭ ސަރަޙައްދަށް ކުރިމަތިވެފައިވާ ޓެކްސީގެ ދަތިކަމަށް ވަށާޖެހޭ ޙައްލެއް ހޯއްދަވައިދެއްވުމުގެ މަޤުޞަދުގައި، ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ މަތީން ތައާރަފުކުރެވުނު ހިދުމަތެކެވެ.

އެމްޓީސީސީ އާ ހަވާލުކުރެވިގެން ދެވޭ މި ހިދުމަތް ތައާރަފްކުރުމުގެ މައިގަނޑު މަގްސަދަކީ ރައްޔިތުންނަށް އިތުބާރު ކުރެވޭ، ރައްކާތެރި، ހަރުދަނާ، ލުއިފަސޭހަ އަދި ފެންވަރު ރަނގަޅު ޓެކްސީ ހިދުމަތެއް ފޮރުކޮށްދިނުމެވެ.

ޓެކްސީ ލައިންގެ ހިދުމަތް ދިނުމަށް 150 ކާރު ބޭނުން ކުރާ ގޮތަށް ވަނީ ހަމަޖެހިފައިވާ އިރު މި ކާރުތަކަކީ މާލޭގެ ހަނިގޯޅިތަކުން ވެސް ފަސޭހައިން ދަތުރުކުރެވޭނެ ފަދަ ކާރުތަކެކެވެ. ތިން މީހުންނަށް އެރޭ މި ކާރަށް ކުދި ލަގެޖުވެސް އެރުވޭނެއެވެ. އަދި މިއީ ތިމާވެއްޓާއި ރައްޓެހި، އިލެކްޓްރިކް ވެހިކަލް ތަކެކެވެ.

މި ހިދުމަތް ފޯރުކޮށްދޭނީ ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅާ އަގުތަކާ އެކުގަ އެވެ. މިއީ ރައީސްގެ ތަސައްވަރާއި އެއްގޮތަށް ކާބަން ފުޓްޕްރިންޓް ދަށްކުރުމަށް ކުރަމުންދާ މަސައްކަތަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެކެވެ.

އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު ޑީސީޕީ (ރިޓަޔާޑް) އަހްމަދު ސައުދީ ވިދާޅުވީ، މާލެ ސަރަހައްދުގައި މެދުނުކެނޑި 24 ގަޑިއިރު ޓެކްސީގެ ހިދުމަތް ރައްޔިތުންނަށް ލިބޭނެކަމަށެވެ.

މުސްތަޤްބަލުގައި ޓެކްސީލައިންގެ ހިދުމަތް ފުޅާކުރަމަކީ މި ސަރުކާރުގެ އަމާޒެވެ. މާލެގައި ޓެކްސީ ލައިންގެ ހިދުމަތް ފެށުމުގެ ރަސްމިއްޔާތުގައި ޓްރާސްޕޯޓް މިނިސްޓަރ ވިދާޅުވީ، މިއަހަރު އައްޑޫ ސިޓީގައި މިހިދުމަތް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު