ENGLISH
04 އޭޕްރީލު 2026
ވޯޓުލާން ދޫނިދޫއަށް ދާން ޚާއްސަ ފެރީ ދަތުރުތަކެއް ހަމަޖައްސައިފި
04 އޭޕްރީލު 2026
|
ހުޅުމާލެ ޖަލު-- ފޮޓޯ: ވަން އޮންލައިން
އެންމެ މަޤްބޫލު
ވޯޓުލުމަށް ދޫނިދޫ ޖަލަށް ދާންޖެހޭ ފަރާތްތަކަށް ޚާއްސަ ފެރީތަކެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް ފުލުހުންގެ އިދާރާއިން ހާމަކޮށްފި އެވެ.
މިއަދުގެ އިންތިޚާބުގައި ވޯޓުލާން ޖަލުތަކުގައި ރަޖިސްޓްރީކޮށްފައިވާ މީހުންގެ ތެރެއިން ހުކުމް ތަންފީޒުކޮށް ނިމިފައިވާ މީހުންނަށް ޖަލުގައި ވޯޓުލެވޭނެ އިންތިޒާމު ހަމަޖައްސާ ދޭނެކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ކުރިން ބުނެފައިވެ އެވެ.
އެހެންކަމުން ދިވެހި ފުލުހުންގެ ޚިދުމަތުންވަނީ ވޯޓުލުމަށްޓަކައި ދޫނިދޫއަށް ދިޔުމަށް ފެރީތަކެއް ހަމަޖައްސަވާފައެވެ. މިގޮތުން 3 ގަޑިއެއްގައި ފެރީތައް މާލެއިން ދޫނިދޫއަށް ދިއުމަށް ހަމަޖެހިފަ އެވެ. މިގޮތުން ހެނދުނު 09:00 އިން އެއް ފެރީގެ ދަތުރު ކުރެވިފައިވެ އެވެ. ދެވަނަ ދަތުރު މެނދުރު 12:00 އިން އަދި މެންދުރުފަހު 13:45 ގައި މާލެއިން ފެރީ ފުރާނެ އެވެ. ފެރީ ފުރުމަށް ހަމަޖެހިފައިވަނީ 3 ނަންބަރު ފާލަމުންނެވެ.
ވޯޓުލުމުގެ ޙައްގަކީ 18 އަހަރު ފުރިފައިވާ ދިވެހި ކޮންމެ ރައްޔިތަކަށްވެސް ލިބިގެންވާ ހައްޤެކެވެ. މި ޙައްގު ވީހާވެސް ގިނަ ފަރާތްތަކަށް ހޯދާދައިދިނުމަށްޓަކައި، ކޮންމެ އިންތިޚާބަކަށް ރީ ރަޖިސްޓްރޭޝަނަށް ވުމުގެ ފުރުޞަތު އިލެކްޝަން ކޮމިޝަންސްއިން ހުޅުވާލަ އެވެ. މިފުރުސަތަކީ، އެމީހަކު ވޯޓުލާ ރަށް ނުވަތަ ތަން ނޫން އެހެންތަނަކަށް ވޯޓުލާން ބޭނުންވާ ފަރާތްތަކަށް ހުޅުވާލާ ފުރުސަތެކެވެ.
ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިހާބުގެ ރީ ރަޖިސްޓްރޭޝަންގެ މަރުހަލާ ނިމުނުއިރު ޖަލުތަކުގައި 5 ވޯޓު ފޮށި ބެހެއްޓުމަށް އިލެކަޝަން ކޮމިޝަންސް އިން ވަނީ ނިންމާފަ އެވެ. އެއީ މާފުށި ޖަލުގައި 2 ފޮށި، ހިންމަފުށީގައި ހުންނަ އައްސޭރި ޖަލުގައި 1 ފޮށި، ހުޅުމާލެ ޖަލުގައި 1 ފޮށި އަދި ދޫނިދޫ ޖަލުގައި 1 ފޮއްޓެވެ.