ENGLISH
04 އޭޕްރީލު 2026
ނައިބު ރައީސް ވޯޓުލުމުގެ ހައްގު އަދާކުރައްވައިފި
04 އޭޕްރީލު 2026
|
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފް
އެންމެ މަޤްބޫލު
ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް މިއަދު ކުރިއަށްދާ ލޯކަލް ކައުންސިލުތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުތަކާއި ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާމެދު ނަގާ އާއްމު ހިޔާލު ހޯދުމުގެ އިންތިހާބުގައި ވޯޓު ލައްވައިފި އެވެ.
އެމަނިކުފާނު ވޯޓުލެއްވީ ހެންވޭރު ދަނޑުގައި މާލޭގައި ދިރިއުޅޭ ގދ. އަތޮޅު ރައްޔިތުންނަށް ހާއްސަކޮށްގެން ބަހައްޓަފައި ހުރި ވޯޓު ފޮއްޓަށެވެ.
މާލެ ސަރަހައްދުގައި އެކަނި 241 ވޯޓުފޮށި މި އިންތިހާބުގައި ބެހެއްޓިއިރު މާލޭގައި ޓެންޓު ޖަހައިގެން ވޯޓުލުން ކުރިއަށްގެންދާ މަރުކަޒުތަކުގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ ވޯޓު ފޮށިތައް ބަހައްޓާފައިވަނީ ހެންވޭރު ދަނޑުގަ އެވެ. ހެންވޭރު ދަނޑުގައި ޖުމްލަ 30 ފޮއްޓެއް ވަނީ ބަހައްޓާފަ އެވެ.
ނައިބު ރައީސްގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުންނާއި، ދަރިކަނބަލުންގެ އިތުރުން ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓު މޫސާ އަލީ ޖަލީލާއި އެ ޕާޓީގެ ޕީޖީ ލީޑަރު އިބްރާހީމް ފަލާހު ވެސް މިހާތަނަށް އައިއިރު ވަނީ އިންތިހާބީ ހައްގު އަދާކޮށްފަ އެވެ.
ސިޔާސީ މަައިދާނުގައި ފާހަގަކޮށްލެވޭ ގިނަ އަދަދެއްގެ ބޭފުޅުން ވެސް އަންނަނީ ގާނޫނު އަސާސީން ރައްޔިތުންނަށް ލިބިދޭ އިންތިހާބީ ހައްގު އަދާކުރުމާއެކު މި ހައްގު އަދާކުރުމަށް ރައްޔިތުންނަށް ވެސް އިލްތިމާސްކުރައްވަމުންނެވެ.