ENGLISH
04 އޭޕްރީލު 2026
ނޯތު ހާބަރުގައި އޮތް ބޯޓެއްގެ ފަޅުވެރިންތަކެއް ހާލުދެރަވެ، ފަރުވާއަށް ގެންގޮސްފި
04 އޭޕްރީލު 2026
|
މާލޭ ނޯތު ހާބަރު. އެ ސަރަޙައްދުގައި އޮތް ބޯޓެއްގެ ހަތަރު ފަޅުވެރިއަކަށް ދަނީ ފަރުވާދެމުން. ފޮޓޯ: ޕީއެސްއެމް
އެންމެ މަޤްބޫލު
މާލޭ ނޯތު ހާބަރުގައި އޮތް ބޯޓެއްގެ ފަޅުވެރިންތަކެއް ހާލުދެރަވެގެން ފަރުވާދެމުންދާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
ފުލުހުން މީޑިއާތަކާ ޙިއްސާކުރި މެސެޖުގައި ބުނީ، ނޯތު ހާބަރުގައި އޮތް ބޯޓެއްގެ ފަޅުވެރިންތަކެއް ހާލުދެރަވެގެން އެހީތެރިކަން ބޭނުންވާކަމަށް ރިޕޯޓްވީ މިއަދު ހެނދުނު 6:35 ހާއިރު ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ފަރުވާދެމުންދަނީ "ޑީއެމްއެމްއޭ އެކްސްޕްރެސް 5" ގެ ފަޅުވެރިންތަކަކަށެވެ.
ފުލުހުން ބުނިގޮތުގައި، ފަޅުވެރިންތައް ފެނުނީ ބޯޓުގައި ޚަބަރު ހުސްވެފައިވަނިކޮށް ކަމަށެވެ. އެއީ ހަތަރު ބިދޭސީންނާއި ދިވެހި ފިރިހެނެކެވެ. އެމީހުންނަށް ފަރުވާދެމުން އަންނަނީ އައިޖީއެމްއެޗްގައެވެ.
ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ.