ENGLISH

04 އޭޕްރީލު 2026

Advertisement

އައްޑުއާ 2553 ލިކޯމީޓަރު ދުރުން ބިންހެލުމެއް އަތުވެއްޖެ، ސީދާ ނުރައްކަލެއް ނެތް

04 އޭޕްރީލު 2026

|

ޢަލީ ޝަހީމް

އައްޑުއާ 2553 ކިލޯމީޓަރު ދުރުން ބިންހެލުމެއް އަތުވެއްޖެއެވެ. 

މޫސުމާ ބެހޭ ޤައުމީ އިދާރާއިން މިއަދު އާއްމުކުރި މަޢުލޫމާތުގައި ބިނޯ، ބިންހެލުން އައީ 5.3 މެގްނިޓިއުޑްގައި މިއަދު 9:55 ގައި ކަމަށެވެ. 

ބިންހެލުމުގެ ސީދާ އަސަރު ރާއްޖެއަށް ނުކުރާނެކަމަށް މޫސުމާ ބެހޭ އިދާރާއިން ބުނެފައިވެއެވެ. 

އެމެރިކާގެ ޖިއޯލޮޖިކަލް ސާވޭ (ޔޫއެސްޖީއެސް) އިން ބުނީ، ބިންހެލުން ރެކޯޑްކުރެވިފައިވަނީ ހެނދުނު 10 ޖަހާއިރު ކަމަށެވެ. އަދި، ބިންހެލުން އައީ 5.5 މެގްނިޓިއުޑްގައި މިޑް އިންޑިއަން ރީޖަންއަށް ކަމަށް ޔޫއެސްޖީއެސްއިން ބުނެފައިވެއެވެ. 

މިޑް އިންޑިއަން ރީޖަންއަށް މިިއަދު ބިންހެލުމެއް އައިސްފައިވާއިރު، އޭޕްރީލް 2 ވަނަ ދުވަހު އިންޑޮނީޝިއާއަށް 7.4 މެގްނިޓިއުޑްގެ ބިންހެލުމެއް އައިސްފައިވެއެވެ. އެ ބިންހެލުމުގެ އަސަރު ރާއްޖެއަށް ކޮށްފައެއްނުވެއެވެ. އެހެންނަމަވެސް، އެ ބިންހެލުމާ ގުޅިގެން އޭޝިއާގެ ބައެއް ޤައުމުތަކަށް ސުނާމީގެ އިންޒާރު ނެރުނެވެ. އެކަމަކު، ސުނާމީއެއް އަރައި ބޮޑު ގެއްލުމެއް އެއްވެސް ޤައުމަކަށް ލިބިފައެއްނުވެއެވެ. 

ކިޔުންތެރިންގެ ހިޔާލު